logo
MPL

MPL

ޚަބަރު

ބޮޑެތި ސްކޭމްތައް ހުއްޓުވުމަށް ފުލުހުން އައިއައިސީއޭ ރިޒޮލިއުޝަންގައި ސޮއިކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
25 އޮކްޓޯބަރު 2026 - 15:04
ބޮޑެތި ސްކޭމްތައް ހުއްޓުވުމަށް ފުލުހުން އައިއައިސީއޭ ރިޒޮލިއުޝަންގައި ސޮއިކޮށްފި

ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާއި ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލި "އިންޓަރނޭޝަނަލް އިންވެސްޓިގޭޓިވް ކޯޕަރޭޝަން އެލަޔަންސް" (އައިއައިސީއޭ) ގެ ރިޒޮލިއުޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުން ސޮއިކޮށްފިއެވެ.

ދެކުނު ކޮރެއާގެ އިންޗިއޮންގައި ކޮރެއަން ނޭޝަނަލް ޕޮލިސް އެޖެންސީން އިންތިޒާމުކޮށްގެން، 2026 އޮކްޓޫބަރު 21 އިން 23 އަށް ބޭއްވި އައިއައިސީއޭގެ ފުރަތަމަ އަހަރީ ފޯރަމްގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން މި ރިޒޮލިއުޝަންގައި ސޮއިކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢާޞިމް ޢަބްދުﷲ އެވެ. މި ފޯރަމަކީ ބައިނަލްއަގުވާމީ ބައިވެރިންގެ މެދުގައި ތަޖުރިބާ ހިއްސާކުރުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތައް ހުއްޓުވުމުގައި އެއްބާރުލުން ވަރުގަދަކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައިއައިސީއޭ އަކީ އިންޓަރޕޯލާއި، އާސިއާނަޕޯލް އަދި 9 ގައުމަކުން އިސްނަގައިގެން 2025 އޮކްޓޫބަރު 23 ގައި ދެކުނު ކޮރެއާގެ ސޯލްގައި އުފެއްދި އިއްތިހާދެކެވެ. މި އެލަޔަންސް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރާވައިގެން ހިންގާ ސްކޭމް ކޮމްޕައުންޑްތަކުން ވަކިވަކި ފަރުދުންނަށާއި ގައުމުތަކުގެ އިގުތިސާދަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކާ ދެކޮޅަށް އެކުގައި ފިޔަވަޅު އެޅުމެވެ.

މެންބަރު ގައުމުތަކުން ފާސްކުރި މި ރިޒޮލިއުޝަނަކީ އައިއައިސީއޭގެ ދާއިމީ ގަވާއިދުތަކާއި އޮނިގަނޑު އެކުލަވާލެވެންދެން، މެންބަރު ގައުމުތަކުގެ މެދުގައި ދެމެހެއްޓެނިވި، އިންސާފުވެރި އަދި ނަތީޖާ ނެރެވޭނެ އުސޫލަކުން ތަހުގީގުތަކުގެ މައުލޫމާތު ބަދަލުކުރުމާއި މަސައްކަތްތައް ވިލަރެސްކުރުމަށް މަގުފަހިކުރާ އެއްބަސްވުމެކެވެ.

މީގެއިތުރުން، އިންޓަރޕޯލްގެ ޖެނެރަލް އެސެމްބްލީއާއި އާސިއާނަޕޯލް ކޮންފަރެންސްގެ ނިންމުންތަކާއެކު، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާ ދެކޮޅަށް މި އެލަޔަންސް މެދުވެރިކޮށް ހިންގާ އޮޕަރޭޝަންތަކަށް ވަނީ ގާނޫނީ ހައިސިއްޔަތު ލިބިފައެވެ. މި ރިޒޮލިއުޝަންގައި ސޮއިކުރުމަކީ ބޯޑަރު ހުރަސްކޮށް ރާވައިގެން ހިންގާ ޖިނާއީ ނެޓްވޯކްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ބައިނަލްއަގުވާމީ ގުޅުންތައް ހަރުދަނާކުރުމަށް ދިވެހި ފުލުހުން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑެތި ސްކޭމްތައް ހުއްޓުވުމަށް ފުލުހުން އައިއައިސީއޭ ރިޒޮލިއުޝަންގައި ސޮއިކޮށްފިޚަބަރު | 20 މިނިޓު ކުރިން 32،000 ރުފިޔާގެ އޮންލައިން ސްކޭމެއްގެ މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންބޮޑު ރޭޕް ކޭސްގައި ހިމެނޭ މީހުންގެ ވަނަވަރު އާންމު ކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންސްކޫލް ކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ ބިދޭސީ ޓީޗަރަކު ހައްޔަރުކޮށް ތަހުގީގު ފަށައިފިޚަބަރު | 7 ގަޑިއިރު ކުރިން