ސްކޫލް ކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ ބިދޭސީ ޓީޗަރަކު ހައްޔަރުކޮށް ތަހުގީގު ފަށައިފި
25 އޮކްޓޯބަރު 2026 - 08:15

ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގެ ސްކޫލެއްގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގައި ބިދޭސީ ދެ ޓީޗަރަކު ހައްޔަރުކޮށް ފުލުހުން ތަހުގީގު ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މިއީ އެއް ރަށަކުން ހުށަހެޅިފައިވާ ދެ މައްސަލައެއް ކަމަށާއި، މި ދެ މައްސަލައިގައި ވެސް ތުހުމަތުކުރެވެނީ ތަފާތު ދެ މީހަކަށް ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
ފުލުހުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، އެ ރަށުގައި ސުކޫލު ޓީޗަރަކު 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 އޮކްޓޫބަރު 11 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 52 އަހަރުގެ ބިދޭސީ ފިރިހެނަކު ވަނީ އޮކްޓޫބަރު 14 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
މީގެ އިތުރުން، ހަމަ އެ ރަށުގައި އެހެން ޓީޗަރަކު 12 އަހަރާއި 13 އަހަރުގެ އަންހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ އިތުރު މައްސަލައެއް 2026 އޮކްޓޫބަރު 17 ވަނަ ދުވަހު ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މި މައްސަލައާ ގުޅިގެން ވެސް ކޯޓު އަމުރެއްގެ ދަށުން އޮކްޓޫބަރު 23 ވަނަ ދުވަހު ވަނީ 52 އަހަރުގެ އިތުރު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައެވެ.
އެ ދެވަނަ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މި ދެ މައްސަލަ ވެސް ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

-01.jpg&w=3840&q=75)
