logo
MPL

MPL

ޚަބަރު

ފެންބޮޑުވި ރަށްރަށަށް އެހީވުމަށް ފުލުހުން ނުކުމެއްޖެ

އަޙުމަދު ރިޝާން
23 އޮކްޓޯބަރު 2026 - 12:39
ފެންބޮޑުވި ރަށްރަށަށް އެހީވުމަށް ފުލުހުން ނުކުމެއްޖެ

 ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، މަގުތަކާއި ގެތަކަށް ފެންވަންނަމުންދާތީ، އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލްތަކާއި މުއައްސަސާތަކާ ގުޅިގެން ފުލުހުން ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ހދ. އަތޮޅަށެވެ. އެގޮތުން، އެ އަތޮޅު ނޮޅިވަރަމުގެ 20 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ހާލަތު ގޯސްވި ތިން ގެއެއްގެ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. އަދި މަގުތަކުން ފެން ހިންދުމަށް މިހާތަނަށް ހަތަރު ކޯރު ކަނޑާފައިވާއިރު، ފަސްވަނަ ކޯރު ކެނޑުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މީގެއިތުރުން، ހދ. ނޭކުރެންދޫގެ ތިން ގެއަކަށާއި ފިހާރައަކަށް ފެންވަދެގެން، އިތުރަށް ފެންވަނުން ހުއްޓުވުމަށް ފުލުހުން ވަނީ ވެލިބަސްތާ ޖަހައިދީފައެވެ. ހދ. ކުމުންދޫގެ ގެއަކަށް ފެންވަދެ ތަކެއްޗަށް ގެއްލުންވުމުގެ އިތުރުން، ކުޅުދުއްފުށި ސިޓީއާއި، ނޮޅިވަރަންފަރު އަދި ފިނޭގެ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދުމަށް އާންމުންނާއި މުއައްސަސާތައް ގުޅިގެން ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ހދ. އަތޮޅާއި ނ. އތޮޅުގެ އިތުރުން ޅ. އަތޮޅުގެ ކުރެންދޫ، ހިންނަވަރު އަދި ނައިފަރަށްވެސް ބޯކޮށް ވާރޭވެހި ގެތަކަށް ފެންވަންނަމުންދާތީ، މިއަދު ހެނދުނުން ފެށިގެން ފުލުހުން ދަނީ ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމާއި ވެލިބަސްތާ ޖަހަމުންނެވެ. އަދި ބ. ކުޑަރިކިލާއި ނ. ލަންދޫގައިވެސް ފެންބޮޑުވުމުގެ ސަބަބުން ގެތަކަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ރައްޔިތުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށް، މި ހާލަތުން އަރައިގަތުމަށް ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެންބޮޑުވި ރަށްރަށަށް އެހީވުމަށް ފުލުހުން ނުކުމެއްޖެޚަބަރު | ގަޑިއިރެއް ކުރިންސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަން ރުފިޔާ ހޯދައިދީ، 17 މީހަކު ހައްޔަރުކޮށްފިޚަބަރު | 20 ގަޑިއިރު ކުރިންއިމާރާތްތަކުގައި ހުޅުޖަހައި ލޫޓުވަން ގޮވާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖް ސަމާލު: ކުރިއަށް އޮތް 24 ގަޑިއިރު މޫސުން އިތުރަށް ގޯސްވާނެ!ޚަބަރު | 2 ދުވަސް ކުރިން