logo
MPL

MPL

ޚަބަރު

އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 9 މީހަކު ހައްޔަރުކޮށްފި

އައިޝަތު ނަޝާއައިޝަތު ނަޝާ
24 އޮކްޓޯބަރު 2026 - 10:09
އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 9 މީހަކު ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނީ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ނުވަ ދިވެހީން ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ 22 އަހަރުގެ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން މިއަދު ބުނީ މައްސަލައިގައި ތުހުމަތު ކުރެވޭ ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް މާލެއިން ޚާއްސަ ޓީމެއް ފޮނުވައި، އެ ރަށުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން ބުނީ ތުހުމަތުތަކާ ގުޅިގެން، މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ފުލުުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ޖިންސީ ކުށުގެ 272 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް އެފަދަ 221 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 9 މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންފެންބޮޑުވި ރަށްރަށަށް އެހީވުމަށް ފުލުހުން ނުކުމެއްޖެޚަބަރު | ދުވަހެއް ކުރިންސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަން ރުފިޔާ ހޯދައިދީ، 17 މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންއިމާރާތްތަކުގައި ހުޅުޖަހައި ލޫޓުވަން ގޮވާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިން