logo
MPL

MPL

ޚަބަރު

ބޮޑު ރޭޕް ކޭސްގައި ހިމެނޭ މީހުންގެ ވަނަވަރު އާންމު ކޮށްފި

އައިޝަތު ނަޝާއައިޝަތު ނަޝާ
25 އޮކްޓޯބަރު 2026 - 09:52
ބޮޑު ރޭޕް ކޭސްގައި ހިމެނޭ މީހުންގެ ވަނަވަރު އާންމު ކޮށްފި

ދެކުނުގެ އަތޮޅުގެ ރަށެއްގައި 22 އަހަރުގެ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ

Ad by Hajj Corporation

Ad by Hajj Corporation

  • މުޙައްމަދު މައިސަން ޝިޔާޒު (21އ)
  • އަޙްމަދު އިފްތިޝާމް ޒަރީރު (24އ)
  • ނަޖުމުﷲ ޙަސަން (35އ)
  • ޢާޒިމް މުފީދު (24އ)
  • ޢަލީ ޙުޒާމް ސަޢީދު (31އ)
  • މުޙައްމަދު ޞާލިޙު އަޙްމަދު (26އ)
  • އަޙްމަދު ނޫޙު ނިޔާޒު (20އ)
  • މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ)
  • އަޙްމަދު ޞާނިޖު ޞާދިޤު (32އ)

މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މުޙައްމަދު ޞާލިޙު އަޙްމަދާއި، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރާއި، ނަޖުމުﷲ ޙަސަން އަދި އަޙްމަދު ނޫޙު ނިޔާޒު 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މީގެއިތުރުން މުޙައްމަދު މައިސަން ޝިޔާޒު 10 ދުވަހަށް، ޢާޒިމް މުފީދު 15 ދުވަހަށް، އަޙްމަދު ޞާނިޖު ޞާދިޤު 30 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، އަޙްމަދު އިފްތިޝާމް ޒަރީރު އާއި ޢަލީ ޙުޒާމް ސަޢީދު ބަންދުކުރަން އަމުރުކޮށްފައިވަނީ 90 ދުވަހަށެވެ.

ދެކުނުގެ އަތޮޅުގެ ރަށެއްގައި މި މައްސަލަ ފެންމަތިވެގެން އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

ފުލުހުން އޭރު ބުނީ މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅުން ހުރި އެކަކު އެ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އިއްޔެ މި މައްސަލައިގެ ތުހުމަތުގައި 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލަ ފެންމަތިވި ރަށުން އެމީހުން ހައްޔަރުކޮށްފައިވާއިރު، އެ މައްސަލައިގެ ތަހުގީގަށް މާލޭން ހާއްސަ ތަހުގީގު ޓީމެއް ވެސް ވަނީ އެރަށަށް ގޮސްފައެވެ.

މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑު ރޭޕް ކޭސްގައި ހިމެނޭ މީހުންގެ ވަނަވަރު އާންމު ކޮށްފިޚަބަރު | 23 މިނިޓު ކުރިންސްކޫލް ކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ ބިދޭސީ ޓީޗަރަކު ހައްޔަރުކޮށް ތަހުގީގު ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވެ އަނދަނީޚަބަރު | 6 ގަޑިއިރު ކުރިންއަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 9 މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން