logo
MPL

MPL

ޚަބަރު

ފުނަދޫ އަލިފާން: ޕެޓްރޯލް ޝެޑުގެ އަލިފާންގަނޑު ފެތުރި ބޮޑެތި ގެއްލުންތަކެއް، ފުލުހުންގެ މޭޖާ ކްރައިމްސް ޓީމެއް އެރަށަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
25 އޮކްޓޯބަރު 2026 - 19:06
ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަމުން ދަނީ
ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަމުން ދަނީ

ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، އަލިފާންގަނޑު ފެތުރިގެން ގޮސް ކައިރީގައި ހުރި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، 18 މީހަކަށް އެކިވަރުގެ ފަރުވާ ދޭން ޖެހުނުކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން މިރޭ ބުނީ، ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ފެތުރިގެން ގޮސް އެ ސަރަހައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި، ގުދަނެއްގެ އިތުރުން ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކަށާއި މީހުން ދިރިއުޅޭ ގެއަކަށް ވަނީ އަލިފާން އަސަރުކޮށްފައެވެ. އަދި އަލިފާނުގެ ސަބަބުން އެ ތަންތަން ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދައި އަޅިއަށް ވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނުރައްކާތެރި ހާދިސާގައި ޖުމްލަ 18 މީހަކަށް އަނިޔާވެގެންނާއި ސިއްހީ އެހީތެރިކަން ބޭނުންވެގެން ވަނީ ފަރުވާ ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ދުމުގެ އަސަރުކުރުމާ ގުޅިގެން ފަރުވާދިން ފަޔަރފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފަކު ހިމެނެއެވެ. ބާކީ ތިބި 16 މީހުންނަކީ ހާދިސާ ހިނގަމުން ދިޔަ ވަގުތު އެއްޗެއް ގޮވުމާ ގުޅިގެން، ރައްކާތެރިކަން ހޯދުމަށް ދުވުމުގެ ތެރޭގައި އެކިވަރުގެ އަނިޔާތައް ލިބުނު މީހުންނާއި، ހާދިސާގެ ސަބަބުން ކަންބޮޑުވެ ހާސްވެގެން ސިއްހީ ފަރުވާ ބޭނުންވި މީހުންނެވެ.

އަލިފާން ރޯވި ސަރަހައްދު މިހާރު ފުލުހުން ވަނީ ކޯޑަންކޮށް ބަންދުކޮށްފައެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ސީން ޕްރޮސެސްކޮށް ތަހުގީގުގައި އެހީތެރިވުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް މާދަމާ ހެނދުނު ފުނަދޫއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުނަދޫ އަލިފާން: ޕެޓްރޯލް ޝެޑުގެ އަލިފާންގަނޑު ފެތުރި ބޮޑެތި ގެއްލުންތަކެއް، ފުލުހުންގެ މޭޖާ ކްރައިމްސް ޓީމެއް އެރަށަށްޚަބަރު | 15 މިނިޓު ކުރިންބޮޑެތި ސްކޭމްތައް ހުއްޓުވުމަށް ފުލުހުން އައިއައިސީއޭ ރިޒޮލިއުޝަންގައި ސޮއިކޮށްފިޚަބަރު | 4 ގަޑިއިރު ކުރިން 32،000 ރުފިޔާގެ އޮންލައިން ސްކޭމެއްގެ މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންފުނަދޫގެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ރައީސްގެ ޚާއްޞަ ޝުކުރެއް, އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރެއްވިޚަބަރު | 7 ގަޑިއިރު ކުރިން