logo
MPL

MPL

ޚަބަރު

ފުނަދޫގެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ރައީސްގެ ޚާއްޞަ ޝުކުރެއް, އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރެއްވި

މުހައްމަދު މޫސާމުހައްމަދު މޫސާ
25 އޮކްޓޯބަރު 2026 - 11:56
ފުނަދޫގެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ރައީސްގެ ޚާއްޞަ ޝުކުރެއް, އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރެއްވި

ށ. ފުނަދޫގައި ހުންނަ އަމިއްލަ ފަރާތަކުން ހިންގާ "ފަތްމިނި" ޕެޓްރޯލް ޝެޑުގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، އަލިފާން ނިއްވުމަށާއި ރައްޔިތުންގެ ސަލާމަތަށް މަސައްކަތްކުރި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ޝުކުރެއް އަދާކުރައްވައިފިއެވެ.

މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު 16 މީހަކަށް އެ ރަށު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ. އަދި މިފަދަ ޙާލަތްތަކުން ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވައި، ރައްކާތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

View post on Twitter

 

މި ކުއްލި އަދި އުނދަގޫ ޙާލަތުގައި ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވަމުން ރައީސް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށާއި، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓު އަދި ޖޭ.ޑަބްލިޔު. މެރިއޮޓްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުތަކަށް ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން ށ. އަތޮޅު ހޮސްޕިޓަލާއި، ޤައުމީ ކެޑޭޓްކޯއާއި، ފުނަދޫ ކައުންސިލާއި ސަރުކާރުގެ އިދާރާތައް އަދި ފުނަދޫގެ އެކުވެރި ރައްޔިތުން ދެއްވި އެއްބާރުލެއްވުމުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށްވެސް އެމަނިކުފާނު ވަނީ އިޚުލާޞްތެރި ޝުކުރު ދަންނަވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށާއި މުދަލަށް ގެއްލުން ލިބުނު ފަރާތްތަކުގެ ޙާލަތު އަވަހަށް އާންމު ޙާލަތަކަށް ރުޖޫޢަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ށ. އަތޮޅު ހޮސްޕިޓަލުގައި ޖުމްލަ 16 މީހަކަށް ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. އޭގެ ތެރޭގައި ހިމެނެނީ 12 ފިރިހެނުންނާއި 4 އަންހެނުންނެވެ.

ހޮސްޕިޓަލުން ހާމަކުރި ގޮތުގައި، ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 2 މީހަކަށް ފަރުވާ ދެނީ ފިހިގެންނެވެ. އަދި ދުމުގެ އަސަރުކޮށްގެން 6 މީހަކަށާއި، ހޭނެތިގެން 4 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ފަރުވާ ހޯދަމުންދާ މީހުންގެ ތެރޭގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފުނަދޫ އެއާޕޯޓުގެ 2 ފަޔަރ ފައިޓަރުންވެސް ހިމެނެއެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ހޮސްޕިޓަލުން ކަށަވަރުކޮށްދެއެވެ.

މި އަލިފާންގަނޑު ނިއްވާލުމުގައި އެމްއެންޑީއެފްގެ ފަޔަމަނުންނާއި، މެރިއޮޓް ވަނގަރު ރިސޯޓުގެ ފަޔަރ ފައިޓަރުންނާއި، ފުނަދޫ އެއާޕޯޓުގެ ފަޔަރ ފައިޓަރުންގެ އިތުރުން ފުލުހުންނާއި އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވާން ދިމާވި ސަބަބު ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުނަދޫގެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ރައީސްގެ ޚާއްޞަ ޝުކުރެއް, އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރެއްވިޚަބަރު | 20 މިނިޓު ކުރިންފުނަދޫ އަލިފާން: 16 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެނީޚަބަރު | 3 ގަޑިއިރު ކުރިންފުނަދޫ އަލިފާން: ހަތަރު ގެއަކާއި ގަރާޖުތަކެއްގައިވެސް ރޯވެއްޖެޚަބަރު | 6 ގަޑިއިރު ކުރިންދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ރަންވަނަތައް ހޮވައި، އިނާމު ދީފިޚަބަރު | 9 ގަޑިއިރު ކުރިން