logo
MPL

MPL

ޚަބަރު

ފުނަދޫ އަލިފާން: 16 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެނީ

އަޙުމަދު ރަމީޒު
25 އޮކްޓޯބަރު 2026 - 09:29
ފުނަދޫގައި އަލިފާން ރޯވެ އަނދަމުން ދަނީ
ފުނަދޫގައި އަލިފާން ރޯވެ އަނދަމުން ދަނީ

ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވުމާ ގުޅިގެން 16 މީހަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ.

ފުނަދޫ ހޮސްޕިޓަލްގެ އޮފިޝަލަކު މެންދުރު ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ 12 ފިރިހެނުންނަށާއި ހަތަރު އަންހެނުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެނީ ފިހިގެންނެވެ. އަދި ދުމުގެ އަސަރުކޮށްގެން ހަ މީހަކަށް ފަރުވާދެމުންދާއިރު ހޭނެތިގެން ގެންދިޔަ ހަތަރު މީހަކަށްވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ފުނަދޫ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރޭގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު އެ އެއާޕޯޓުގެ ދެ ފަޔަ ފައިޓަރުންވެސް ހިމެނެ އެވެ.

ފުނަދޫ ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވީ އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ހޮސްޕިޓަލްގައި ބަޔަކަށް ފަރުވާ ދެމުންދިޔަ ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

އަމިއްލަ ފަރާތަކުން ފުނަދޫގައި ހިންގާ "ފަތްމިނި" ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރީ އެމްއެންޑީއެފްގެ ފަޔަމަނުންނާއި، މެރިއޮޓް ވަނގަރު ރިސޯޓުގެ ފަޔަ ފައިޓަރުންނާއި ފުނަދޫ އެއާޕޯޓުގެ ފަޔަ ފައިޓަރުންނާއި ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެންނެވެ.

އަލިފާން ރޯވާން ދިމާވި ސަބަބެއް ކަމާގުޅޭ އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުނަދޫ އަލިފާން: 16 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެނީޚަބަރު | 18 މިނިޓު ކުރިންފުނަދޫ އަލިފާން: ހަތަރު ގެއަކާއި ގަރާޖުތަކެއްގައިވެސް ރޯވެއްޖެޚަބަރު | 4 ގަޑިއިރު ކުރިންފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިޚަބަރު | 4 މަސް ކުރިންއެތައް އަހަރެއް ފަހުން ކުޅުނު ފުނަދޫ އާއި ކެނދިކުޅުދޫގެ މަންޑި މެޗު ދިވެހި ސަގާފީ ކުޅިވަރުގެ ތާރީޚުގެ ތެރެއަށްޚަބަރު | 5 މަސް ކުރިން