logo
MPL

MPL

ޚަބަރު

ފުނަދޫ އަލިފާން: ހަތަރު ގެއަކާއި ގަރާޖުތަކެއްގައިވެސް ރޯވެއްޖެ

އަޙުމަދު ރަމީޒު
25 އޮކްޓޯބަރު 2026 - 06:15
ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަމުން ދަނީ
ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަމުން ދަނީ

ށ. ފުނަދޫގެ ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު އިތުރު ސަރަހައްދުތަކަށް ފެތުރި، ހަތަރު ގެއަކާއި ފަސް ގަރާޖެއްގައިވެސް ރޯވެއްޖެ އެވެ. 

މިއަދު ހެނދުނު އަލިފާން ރޯވުމާއެކު ސިފައިންނާއި ފުލުހުންގެ މަސައްކަތުން ވަނީ ޝެޑް ކައިރީގައި ހުރި ގެތަކުން މީހުން ހުސްކޮށް، ރައްކާތެރިކަން ފޯރުކޮށްދީފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަމިއްލަ ފަރާތަކުން ފުނަދޫގައި ހިންގާ "ފަތްމިނި" ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވުމާއެކު ނިއްވުމުގެ މަސައްކަތް ކުރި ނަމަވެސް އަދިވެސް އަލިފާން މުޅިން ނިއްވާލެވިފައެއް ނުވެ އެވެ.

މެންދުރު ޓީވީއަށް މައުލޫމާތު ދެއްވަމުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އޮފިޝަލަކު ވިދާޅުވީ އަލިފާން ރޯވި ޝެޑާ އެންމެ ގާތުގައި ހުރި ހަތަރު ގެއަކަށާއި ގަރާޖުތަކަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމަށް ވިދާޅުވެފައެއް ނުވެ އެވެ.

ފުނަދޫން ވާހަކަ ދެއްކި މީހަކު ބުނީ އަލިފާން ރޯވި ޝެޑަކީ މީހުން ދިރިއުޅޭ ސަރަހައްދާއި ގާތުގައި ހުރި އަދި އެރަށުގައި އެފަދަ ހިދުމަތްދޭ ހަމައެކަނި ތަން ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ މިހާރު މިދާ ގޮތަށް ދާނަމަ އަދިވެސް އިތުރު ތަންތަނަށް ގެއްލުންވުމުގެ ފުުރުސަތު އޮތް ކަމަށް،" އޭނާ ވިދާޅުވި އެވެ.

ފުނަދޫގައި ރޯވި އަލިފާން ނިއްވާލުމަށްޓަކައި ހދ. ކުޅުދުއްފުށީގެ ފަޔާ ސްޓޭޝަންގައި ހަރަކާތްތެރިވާ ސިފައިން މިހާރު ވަނީ ފުނަދުއަށް ގޮސްފަ އެވެ. ށ. އަތޮޅުގައި ހިންގާ މެރިއޮޓް ވަނގަރު ރިސޯޓުގެ ފަޔަ ޓީމެއްވެސް މިހާރު ދަނީ ފުނަދޫގައި ހަރަކާތްތެރިވަމުންނެވެ.

ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މިއަދު އެރަށު އެއާޕޯޓްގައި ޖައްސަން އައި މަތިންދާ ބޯޓު މިހާރު ވަނީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައި ކަމަށްވެސް އެ ރަށު ކައުންސިލުން ވާހަކަދެއްކި މީހަކު ބުންޏެވެ. ފުނަދޫ އެއާޕޯޓްގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ފަޔަ ލޮރީތައްވެސް އެރަށުގައި އަލިފާން ރޯވި ތަނުގައި ބޭނުންކުރާތީ މިވަގުތު އެއާޕޯޓުގެ އޮޕަރޭޝަނަށްވެސް ބުރޫއަރާފައިވާ ކަމަށްވެސް ބުންޏެވެ.

ފުނަދޫގައި ރޯވި އަލިފާންގަނޑާއެކު މުޅި ރަށަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާތީސްކޫލުގެ ކިޔެވުންވެސް މިހާރު ވަނީ މެދުކަނޑާލާފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުނަދޫ އަލިފާން: ހަތަރު ގެއަކާއި ގަރާޖުތަކެއްގައިވެސް ރޯވެއްޖެޚަބަރު | 32 މިނިޓު ކުރިންބޯކޮށް ވާރޭވެހި، ފެންބޮޑުވެފައިވާ ބައެއް ރަށްތަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިޚަބަރު | 2 ދުވަސް ކުރިންދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ޒިހާން ހައްޔަރުކޮށްފިޚަބަރު | 5 ދުވަސް ކުރިންތިން ބާރުގެ އޮފީހުގައި ހުޅުޖަހަން ގޮވާލި މައްސަލަ ބަލަނީޚަބަރު | 5 ދުވަސް ކުރިން