logo
MPL

MPL

ޚަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ޒިހާން ހައްޔަރުކޮށްފި

އަޙުމަދު ރިޝާން
20 އޮކްޓޯބަރު 2026 - 16:14
ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ޒިހާން ހައްޔަރުކޮށްފި

 ދައުލަތުގެ ތިން ބާރު ހިންގާ މައި އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލައި ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކުރި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން، ފުވައްމުލަކުގައި ހުއްޓާ މިއަދު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހާއި، އަދި ސުޕްރީމް ކޯޓުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، "[ރޯކޮށްލައިފިއްޔާ] މަޖާވާނެ" ކަމަށް ބުނެ ޒިހާން ޖެހި އެ ޕޯސްޓް، އޭނާ ވަނީ ގަޑިއިރެއްފަހުން ޑިލީޓްކޮށްލާފަ އެވެ. މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމެރިކާގެ ނޭވަލް އެކެޑެމީން ތައުލީމު ހާސިލުކޮށް، ކުރިން އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޒިހާން ސިފައިންގެ ޚިދުމަތުން ވަކިކުރީ ކުރީގެ ސަރުކާރުގެ ފަހުކޮޅު އެވެ. އޭގެފަހުން މި ސަރުކާރުން އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދިން ނަމަވެސް، ފަހުން އެ މަގާމުން ވަކިކުރުމާ ގުޅިގެން އޭނާ އަންނަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ޒިހާން ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންތިން ބާރުގެ އޮފީހުގައި ހުޅުޖަހަން ގޮވާލި މައްސަލަ ބަލަނީޚަބަރު | 13 ގަޑިއިރު ކުރިންފުލުސް އޮފިސަރުގެ ގައިގައި ޖެއްސީ ގަސްދުގައި, އިތުރު މީހުންވެސް ބައިވެރިވޭ: ސީޕީޚަބަރު | 3 ދުވަސް ކުރިންނުރައްކާތެރިކޮށް ދުއްވާ ބަޔަކަށް ނަސޭހަތާއި އިންޒާރުޚަބަރު | 6 ދުވަސް ކުރިން