އިންޖީނަކާ ޑިންގިއެއް ވިއްކާނެ ކަމަށް ބުނެ ސްކޭމް ހިންގި ތިން މީހަކު ހައްޔަރުކޮށްފި
28 އޮކްޓޯބަރު 2026 - 08:21

ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެމައްސަަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި ދެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ހީނާގެ / ނ. ހޮޅުދޫ، އަލީ އައްފާން (32އ) އާއި ޕްލާޒާ / ނ. ހޮޅުދޫ، މުހައްމަދު ހަމީދު (34އ) އަދި ވީނަސް / ނ. ވެލިދޫ، ހައްސާން އަލީ (34އ) އެވެ.
.png&w=750&q=75)
Ad by Hajj Corporation
ފުލުހުން ބުނީ ހައްސާނު ހައްޔަރުކޮށްފައިވަނީ ސެޕްޓެންބަރު ދެވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްއިން ދިމާވި މީހަކާ ވާހަކަދައްކައި ޑިންގީއެއް ވިއްކާނެ ކަމަށްބުނެ މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ. މި މަހުގެ 25 ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫއިންނެވެ. ކޯޓު އަމުރެއްގެދަށުން އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
އައްފާންއާއި، ހަމީދު ހައްޔަރުކޮށްފައިވަނީ އޮގަސްޓު ހަތް ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްގައި އިންޖީނެއް ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މަހުގެ 24 ވަނަ ދުވަހު އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ހޮޅުދޫއިންނެވެ. ކޯޓު އަމުރެއްގެދަށުން އެ ދެމީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި ދެމައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

-01.jpg&w=3840&q=75)
