ނަޞްރުގެ ދުވަހުގެ ހަރަކާތްތަކަށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް: ބައެއް މަގުތައް ބަންދު!
2 ނޮވެމްބަރު 2026 - 06:23

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ތަފާތު ހަރަކާތްތަކާ ގުޅިގެން މާލޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސް، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކާއި ކަނޑުގެ ސަރަހައްދު ބަންދުކުރުމަށް ނިންމައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނިގޮތުގައި، ނޮވެމްބަރު 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުތަކާއި ހަރަކާތްތައް ކުރިއަށްދާ ވަގުތުތަކުގައި ބައެއް ސަރަހައްދުތަކުގެ މަގުތައް އެއްގަމު ދަތުރުފަތުރަށާއި ފަޅު ސަރަހައްދު ބަންދުކުރެވޭނެއެވެ.
.png&w=750&q=75)
Ad by Hajj Corporation
މަގުތަކާއި ކަނޑުގެ ސަރަހައްދު ބަންދުކުރާނެ ވަގުތުތައް:
- ފަތިސް ނަމާދު: 04:00 އިން ފެށިގެން ފަތިސް ނަމާދު ނިމެންދެން: އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުކުރެވޭނެއެވެ.
- ޝަހީދުން ބިނާގައި ދިދަ މައުންޓްކުރުން: 04:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން: ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުކުރެވޭނެއެވެ.
- މިލިޓަރީ ޑިސްޕްލޭ: 13:30 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން: ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކުގެ އިތުރުން އެ ސަރަހައްދުގެ ފަޅާއި ކަނޑުގެ ސަރަހައްދު އެއްކޮށް ބަންދުކުރެވޭނެއެވެ.
- ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ: 18:30 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން: ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކާއި ފަޅުގެ ސަރަހައްދު ބަންދުކުރެވޭނެއެވެ.
މި ބަދަލުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށާއި ދަތުރުފަތުރުކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

-01.jpg&w=3840&q=75)
