logo
Bank of Maldives

Bank of Maldives

ޚަބަރު

ފެލިވަރު ކޭނަރީގައި ސްޓޯރޭޖް ކެޕޭސިޓީ ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި

މުޙައްމަދު އަފްރާޙް
15 މާރިޗު 2026 - 05:53
ފެލިވަރުގައި ކޭނަރީގައި ސްޓޯރޭޖް ކެޕޭސިޓީ ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި

ފެލިވަރުގައި ޤާއިމުކުރާ ކޭނަރީގައި ސްޓޯރޭޖް ކެޕޭސިޓީ ޤާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި ފެލިވަރުގައި މިހާރު ހުރި ކޭނަރީއަކީ ގާތްގަނޑަކަށް 40 އަހަރުވެފައިވާ ދުވަސްވީ ފެސިލިޓީއެއް ކަމަށާއި އެތަނުގައި ދުވާލަކު ބަންދުކުރެވެނީ 35 ޓަނުގެ ދަޅުމަހެވެ. އެހެންކަމުން އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ގެނައުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ދުވާލަކު 100 ޓަނުގެ މަސް ބަންދުކުރެވޭނެ ޒަމާނީ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށް ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ވުޒާރާ އިން ބުނީ މިކަމުގެ އަަމަލީ މަސައްކަތްތައް މިއަހަރުގެ މެދުތެރޭގައި ފެށޭނެ ކަމަށާއި ފެލިވަރުގައި މިހާރު ކުރިއަށްދަނީ މަޝްރޫއުގެ ފުރަތަމަ ފޭސް އޭގެ މަސައްކަތްތައް ކަމަށެވެ. މީގެ ތެރޭގައި 400 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ ޤާއިމުކުރުމާއި، ދުވާލަކު 250 ޓަނުގެ މަސް ގަނެވޭނެ ވަސީލަތްތައް ޤާއިމުކުރުން ހިމެނޭކަމަށް އެ ވުޒާރާ އިން ބުނެއެވެ.

މިކަމާގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުއްޠަލިބު ވިދާޅުވީ މި މަސައްކަތްތައް މިއަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އުންމީދުކުރާ ސްޕީޑުގައި އެ މަސަްއްކަތް ކުރިއަށް ނުދިޔަނަމަވެސް ކޮންޓްރެކްޓަރަކީ އިންޑިއާގެ ބައެއް ކަމަށްވާތީ، އެ މަސައްކަތް އަވަސް ކުރުމަށް އިންޑިއާ ސަރުކާރުގެ އެހީ ލިބެމުން އަންނަކަމުގައި ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ވުޒާރާއިން ލަފާކުރާ ގޮތުގައި ފެލިވަރު ތަރައްޤީކުރުމުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލެވޭނީ 2027 ވަނަ އަހަރަށެވެ.

މި މަޝްރޫއު ނިމުމުން މިފްކޯގެ ކެޕޭސިޓީ ބޮޑުތަނުން އިތުރުވެ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ބާޒާރަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް މަސް ޕްރޮސެސްކޮށް ބޭރުގެ މާކެޓްތަކަށް ފޮނުވުމުގެ ފުރުސަތު ފުޅާވެގެންދާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

12 ވުޒާރާއެއްގެ ސިޓީ ނަންބަރަށް ބަދަލު ގެނެސްފިޚަބަރު | 11 ގަޑިއިރު ކުރިންޑިފެންސް މިނިސްޓަރގެ މަގާމަށް ހަސަން ރަޝީދު އައްޔަނުކުރައްވައިފިޚަބަރު | 13 ގަޑިއިރު ކުރިން ސަރުކާރުގެ އިދާރީ އޮނިގަނޑަށް މުޅިން އައު ބަދަލު ތަކެއް!ޚަބަރު | 14 ގަޑިއިރު ކުރިންބައެއް ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ އައު ނަންތައް ހަމަޖައްސައިފި!ޚަބަރު | 14 ގަޑިއިރު ކުރިން