logo
MPL

MPL

ޚަބަރު

އެޗްއާރްސީއެމްގެ މެންބަރުކަމަށް ޝަމްޢޫން ޙަމީދު ޢައްޔަންކުރައްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
4 އޮކްޓޯބަރު 2026 - 08:12
އެޗްއާރްސީއެމްގެ މެންބަރުކަމަށް ޝަމްޢޫން ޙަމީދު ޢައްޔަންކުރައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމުގެ މަޤާމަށް ހ. މީނާޒް، އަލްފާޟިލް ޝަމްޢޫން ޙަމީދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.

މި ޢައްޔަންކުރެއްވުން ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 190 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 6/2006 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ. މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި، އަލްފާޟިލް ޝަމްޢޫން ޙަމީދަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރު މުޙައްމަދު އިބްރާހީމްއެވެ. އަދި މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާ ހަވާލުކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝަމްޢޫން ޙަމީދުގެ ތަޖުރިބާ އަދި ޚިދުމަތް

އަލްފާޟިލް ޝަމްޢޫން ޙަމީދަކީ ކުރިންވެސް އެޗްއާރްސީއެމްގައި މުހިންމު ޒިންމާތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2010 އިން 2012 އަށް އެ ކޮމިޝަނުގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރުގެ މަޤާމު އަދި 2012 އިން 2016 އަށް އެޗްއާރްސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ.

މީގެއިތުރުން، ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫ.ޕީ.އާރް) ރިޕޯޓު ކުރުމުގައި ކޮމިޝަނުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމު ޙާޞިލުކުރުމަށް ހުރި ފުރުޞަތުތަކާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ކުރިއަށްގެންދިޔަ ޤައުމީ ފެންވަރުގެ ދިރާސާތަކުގައިވެސް ޝަމްޢޫން ޙަމީދު ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެޗްއާރްސީއެމްގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން އެމަނިކުފާނު އެންމެފަހުން އަދާކުރައްވާފައިވަނީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޕާރމެނެންޓް ސެކްރެޓަރީގެ މަޤާމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީރާނާވާން ދޫކޮށްލި އިމާރާތް ބޮޑު ހޮޓަލަކަށް: "ރައީސް ސާބިތުކޮށްދެއްވީ ގައުމުދެކެ ލޯބިވާކަން"ޚަބަރު | 12 ގަޑިއިރު ކުރިންރައީސް މުއިއްޒުގެ ސަރުކާރަށް އަނެއްކާވެސް ބޮޑު ކާމިޔާބެއް، މެންހެޓަން ގްރޭންޑް ހުޅުވައިފިޚަބަރު | ދުވަހެއް ކުރިންކައުންސިލްތައް ބޭނުންވާ ގޮތަށް މަސައްކަތްކުރަން ބާރު ދިނީ މިސަރުކާރުން : ނާސިހުޚަބަރު | ދުވަހެއް ކުރިންކައުންސިލްތައް ބާރުވެރިކުރުމުގައި ރައީސް މުއިއްޒަކީ ޗެމްޕިއަނެއް: އަހްމަދު މޫސާ ޚަބަރު | 2 ދުވަސް ކުރިން