އިސްދޫ އެއާޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: މުއްތަލިބް
24 ނޮވެމްބަރު 2026 - 06:55

ލ. އަތޮޅުގައި ތަރައްގީކުރާ ދެވަނަ އެއާޕޯޓް ލ. އިސްދޫގައި ވަރަށް އަވަހަށް ފަށާނެ ކަމަށް އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ އިސްދޫ-ކަލައިދޫގައި ތަރައްގީކުރާ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެ އެއާޕޯޓް ހެދުމަށް ހިނގާނެ ހަރަދުގެ ހިސާބުތައް ލިބިފައިވާތީ އެ މަޝްރޫއު އެވޯޑްކުރުމަށްޓަކައި ޓެންޑާ ބޯޑަށް ފޮނުވާފައިވާ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
ލ. އަތޮޅުގައި މިވަގުތު އެއާޕޯޓެއް ހިންގަނީ ކައްދޫގައެވެ. އެ އެއާޕީޓް ހިންގަނީ ސިފައިންގެ އަސްކަރީ ބޭނުންތަކަށްވެސް ބޭނުންކުރެވޭ ގޮތަށް ސިފައިންނެވެ.
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރަން ނިންމަވާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަޝްރޫއު އިއުލާންކުރެއްވީ އެމަނިކުފާނު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ލ. މާވަށަށް ކުރެއްވި ދަތުރުފުޅުގައެވެ.
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓް އަޅާނެ ރަށުގެ ގޮތުގައި އިސްދޫ-ކަލައިދޫ ހަމަޖައްސައި އެކަން ސަރުކާރުން އިއުލާންކުރީ މި އަހަރުގެ ޖޫން 25 ވަނަ ދުވަހު އެވެ.
މިހާރު މަސައްކަތް ފަށާފައިވާ ހުރިހާ އެއާޕޯޓެއްގެ މަސައްކަތް 2028 ވަނަ އަަހަރަށް ނިންމާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

-01.jpg&w=3840&q=75)
