ނަރުހެއްގެ އަޑު އެއްސެވުމަށްފަހު ރައީސް މުއިއްޒު ދެއްވީ ވަރުގަދަ ޔަގީންކަމެއް
21 ނޮވެމްބަރު 2026 - 19:02

ވަޒީފާގެ މާހައުލުގައި މުވައްޒަފުންނަށް ދިމާވާ އެކި މައްސަލަތައް ހައްލުކޮށް، އިންސާފުވެރި މަސައްކަތު މާޙައުލެއް އޮތްކަން ޔަގީންކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ 14 ވަނަ އެޕިސޯޑުގައި، ނަރުހަކު ފާޅުކުރި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
އެ ޕްރޮގްރާމުގައި ވާހަކަދެއްކި ނަރުސް ވަނީ ވަޒީފާގެ މާހައުލުގައި ތަފާތުކުރުންތައް ހުރުމާއި، ކަމެއް ދިމާވުމުން އިންސާފު ހޯދުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކޮށްފައެވެ. އަދި ވަޒީފާގެ މާހައުލުގައި ހުންނަ ކަންބޮޑުވުންތަކަށް ވަޒީފާދޭ ފަރާތްތަކުން އެކަށީގެންވާ އިޖާބައެއް ނުދޭ މައްސަލަވެސް ހިއްސާކުރިއެވެ.
"އަޅުގަނޑުމެންގެ ވެރިންނަށް ސީދާ ތިއްބަވަނީ ނަރުހުންނެއް ނޫން ބައެއް ތަންތަނުގައި. ބައެއް ފަހަރު އަޅުގަނޑުމެންގެ ޕްރޮފެޝަނަށް ބަލާލުމެއް ނެތި، މިސާލަކަށް އަޅުގަނޑުމެންގެ މަސައްކަތް ކުރާގޮތް ނޭނގި ހުރެ އަޅުގަނޑުމެންގެ ޒިންމާތައް ކަންކަން ކުރެވޭ އެބަ. ރައީސްއަށް އަސްލު މިކަހަލަ ކަންކަން ނަރުހުންނަށް އަޅުގަނޑަށް އެކަންޏެއް ނޫން. މި ދޭތެރެއިން އައިޖީއެމްއެޗްއަށް ދެވިއްޖެ. އެތަނުންވެސް ފާހަގަވި ނަރުހުންނަށް ދިމާވެފައި އެބަހުރި. މިކަން ވަރަށް ހަރުދަނާ އުސޫލެއްގެ ތެރެއިން ބެލޭނެ ގޮތެއް،" އެ ނަރުސް ބުންޏެވެ.
ނަރުހުގެ އެ ވާހަކަތަކާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، އެފަދަ ނުރަނގަޅު ކަންކަން އިސްލާހުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުއަހައި، ދެފުށް ފެންނަ ގޮތެއްގައި ޖަވާބުދާރީވާނެ ނިޒާމެއް ގާއިމުކުރުމަށް ސަމާލުކަން ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ތިހުރި ގޮތް ރަނގަޅުކުރުމަށް ވަރަށް މަސައްކަތް ކުރާނަން. ވަޒީފާގެ މާހައުލުގައި އިންސާފު ގާއިމްކުރުން ނުވަތަ މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުއެހުމާއި އެކަންކަމަށް ޖަވާބުދާރީވުމާއި ވީހާވެސް ދެފުށް ފެންނަ ގޮތަށް، މުވައްޒަފުންނާ ދޭތެރޭ، ނަރުހުން ހާއްސަކޮށް ވަރަށް މުހިންމު ހިދުމަތެއް ދޭ ބައެއް. ތިކަން ވަރަށް ސީރިއަސްކޮށް ބަލައިދޭނަން،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މަސައްކަތު މާހައުލުގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މިހާރުވެސް ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު ހަރުދަނާކުރުމަށް އިސްލާހުތަކެއް ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން، ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ ގައުމީ މަޝްރޫއުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި މާހައުލެއް ހޯދައިދިނުމުގެ މަސައްކަތްތައްވެސް ސަރުކާރުން ކުރިއަށް ގެންދާކަން ރައީސް މީގެކުރިން ވަނީ ފާހަގަކުރައްވާފައެވެ.

-01.jpg&w=3840&q=75)
