logo
MPL

MPL

ޚަބަރު

ރައީސްގެ ދީލަތި ހުށަހެޅުއްވުމެއް، ދޮށީ އުމުރުގެ މީހުންނަށް ލޯނު ދޫކުރާ އުމުރުގެ ލިމިޓު ބަދަލުކުރަން ހުށަހަޅުއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ނޮވެމްބަރު 2026 - 18:27
ރައީސްގެ ދީލަތި ހުށަހެޅުއްވުމެއް، ދޮށީ އުމުރުގެ މީހުންނަށް ވެސް ލޯނު ލިބޭގޮތް ހަދަނީ

ދޮށީ އުމުރުގެ ރައްޔިތުންނަށް ލޯނު ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރާ އުމުރުގެ ލިމިޓަށް ބަދަލު ގެނައުމަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި އާންމު ރައްޔިތަކު ފާޅުކުރި ކަންބޮޑުވުމަކަށް ޖަވާބުދެއްވަމުންނެވެ. އެ ޕްރޮގްރާމުގައި ވާހަކަދެއްކި ދޮށީ އުމުރުގެ މީހަކު ފާހަގަކުރި ގޮތުގައި، ލުއި ލޯނު ލިބޭނެ މަގުތައް ފަހިކޮށްދީފައިވީ ނަމަވެސް، އުމުރުން ދުވަސްވީ މީހުންނަށް ލޯނު ނުލިބުމަކީ ދިމާވާ ބޮޑު ގޮންޖެހުމެކެވެ. ވަކިން ހާއްސަކޮށް، އަމިއްލަ ނަމުގައި ގެދޮރު އެޅުމަށް ލޯނު ބޭނުންވި ނަމަވެސް އެ ފުރުސަތު ނެތް ކަމަށާއި، ދަރިންގެ ނަމުގައި ލޯނު ނެގޭނެ މަގެއް ވެސް ނެތީ އެ ކުދިން ކިޔެވުމުގެ ލޯނާއި އެހެނިހެން މާލީ އިލްތިޒާމުތައް އަދާކުރަމުންދާތީ ކަމަށް އޭނާ ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭ އެވްރެޖް އުމުރު ކުރިން ދަށްވި ނަމަވެސް މިހާރު އެ އަދަދު ހުރީ ގާތްގަނޑަކަށް 80 އަހަރުގައި ކަމަށެވެ. އެހެންކަމުން ބީއެމްއެލްގެ ލޯނު ދޫކުރުމުގެ މިންގަނޑެއްގެ ގޮތުގައި އޮންނަ 60 އަހަރުގެ ލިމިޓަކީ މިހާރު އެންމެ އެކަށީގެންވާ އުމުރު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި ބަދަލު ގެނައުމަށްޓަކައި ބީއެމްއެލްގެ އިތުރުން މިނިސްޓްރީ އޮފް ފައިނޭންސްގައި ވެސް އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު އެދިފައި އޮންނާނީ 65 އަހަރާ ހަމައަށް ނޫނިއްޔާ އެއަށްވުރެ ވެސް މައްޗަށް އޭޖް ލިމިޓް" ބަދަލުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މި މައްސަލައަށް އެކަށީގެންވާ ހައްލެއް އަންނާނެ ކަމަށާއި، މިހާރު ވެސް ބައެއް ބަދަލުތައް އުސޫލުތަކަށް ގެނެސްފައި ހުރުން އެކަށީގެންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކަމާ ގުޅުންހުރި މުއައްސަސާތަކާ މަޝްވަރާކުރައްވައިގެން މިކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ދީލަތި ހުށަހެޅުއްވުމެއް، ދޮށީ އުމުރުގެ މީހުންނަށް ވެސް ލޯނު ލިބޭގޮތް ހަދަނީޚަބަރު | 18 މިނިޓު ކުރިންކުދިން ބޭނުންވާ ފަދަ މުސްތަގުބަލެއް ހޯދައިދިނުމުގެ އަޒުމް ރައީސް އައުކުރައްވައިފިޚަބަރު | ދުވަހެއް ކުރިންއެންމެ ބޮޑު މިސްކިތާއި ވަޤުފު އިންވެސްޓްމަންޓްތައް: ދީނީ ކަންކަމަށް ތާރީޚީ ބޮޑު އިންގިލާބެއް!ރިޕޯޓް | ދުވަހެއް ކުރިންދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް, ޚާއްޞަ އިނާމު 57 ބޭފުޅަކަށް އަރުވައިފިޚަބަރު | 2 ދުވަސް ކުރިން