ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު 57 ބޭފުޅަކަށް އަރުވައިފި
19 ނޮވެމްބަރު 2026 - 19:24

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 57 ބޭފުޅަކަށް އަރުވައިފިއެވެ.
މި އިނާމުތައް ދެއްވާފައިވަނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ދައުލަތުގެ ޢިއްޒަތްތެރީންނާއި ސަރުކާރުގެ އިސް ވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޖަލްސާގައި ދިވެހި ދައުލަތުގެ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ދެ ބޭފުޅަކަށް ވަނީ އަރުވާފައެވެ. އެއީ ނިޝާން ޢިއްޒައްދީނުގެ ޢިއްޒަތުގެ ވެރިޔާ މ. ގަސްކަރަ ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމާއި، ނިޝާން ޢިއްޒައްދީނުގެ ޢިއްޒަތުގެ ވެރިޔާ މ. ސިލްވަރކްލައުޑް ޢައްބާސް އިބްރާހީމް އެވެ.
މީގެ އިތުރުން، ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 56 ބޭފުޅަކަށް ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު އަރުވާފައިވާއިރު، އެކި ދާއިރާތަކުން މަތީ ދަރަޖަ ހޯދި 57 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖޭގެ ވެރިކަން ރަސްކަމަކުން ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތަކަށް ބަދަލުވެފައިވަނީ 1968 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

-01.jpg&w=3840&q=75)
