logo
MPL

MPL

ޚަބަރު

ބޮޑެތި ބަދަލުތަކަށް އަބަދުވެސް ދެކޮޅުވެރިކަން އަމާޒުވި، އެކަމަކު ރައްޔިތުން އިސްކުރީ ޤައުމީ ވިސްނުން: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ނޮވެމްބަރު 2026 - 19:12
ބޮޑެތި ބަދަލުތަކަށް އަބަދުވެސް ދެކޮޅުވެރިކަން އަމާޒުވި، އެކަމަކު ރައްޔިތުން އިސްކުރީ ޤައުމީ ވިސްނުން: ރައީސް

ދިވެހިރާއްޖޭގެ ތާރީޚުގައި ތަރައްޤީގެ ބޮޑެތި މަސައްކަތްތަކަށް މަދު ބައެއްގެ ފަރާތުން ފާޑުކިޔުންތަކާއި ޝައްކުތައް ކުރިމަތިވި ނަމަވެސް، ދިވެހި ރައްޔިތުން އަބަދުވެސް އިސްކޮށްފައިވަނީ ޤައުމީ ވިސްނުމާއި ޒަމާނީ ކުރިއެރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަންހެން ކުދީންނަށް ތަޢުލީމު ދިނުމާއި، ރަށްރަށުގައި މަގުކެނޑުމާއި، މަސްދޯނިފަހަރުގައި އިންޖީނު އެޅުމުގެ އިތުރުން ފަތުރުވެރިކަމުގެ ޞިނާޢަތް އުފެއްދުމުގައި ދިވެހީން ހޯދި ކާމިޔާބީތަކަކީ އެކަމުގެ އަލިގަދަ މިސާލުތަކެއް ކަމަށެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އަންހެން ކުދީންނަށް ތަޢުލީމު ދިނުމަށް އެމަނިކުފާނު ވަކާލާތުކުރައްވަން ފެށްޓެވުމުން، އެއީ ކުރަން ހެޔޮނުވާވަރުގެ ކަމެއްކަމަށް ބައެއް ފަރާތްތަކުން ވިސްނައިދޭން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައި، ޤާނޫނީ ބާރުވެރިކަން ހޯއްދަވައިދެއްވައިގެން ގެންނެވި އެ ބަދަލުގެ މަންފާ މިއަދު މުޅި ޤައުމަށް ލިބެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށްރަށުގެ ހަނި ގޯޅިތައް ފުޅާ ތަނަވަސް މަގުތަކަށް ބަދަލުކުރެއްވުމަށް ފެށްޓެވި މަސައްކަތްޕުޅަށް ދެކޮޅުވެރިކަން ކުރިމަތިވި ނަމަވެސް، ވިސްނޭ ދިވެހި ރައްޔިތުން އެ މަދަނީ ތަހުޒީބަށް މަރުޙަބާ ކިޔާފައިވާކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ ޒަޢާމަތުގައި މަސްދޯނިފަހަރުގައި އިންޖީނު އަޅަން ފެށުމުން ދިމާވި ގޮންޖެހުންތަކަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، އިންޖީނުގެ އަޑަށް މަސްތައް ފިލައިގެންދާނެކަމަށް ބުނެ މަދު ބަޔަކު އެކަމަށް އިންކާރުކުރި ނަމަވެސް، ޅ. ނައިފަރު "އުންމީދު" ދޯންޏާއި އެ ނޫން ވެސް އޮޑިވެރީންގެ އިސްނެގުމާއެކު އެ ކުށްހީތައް ނައްތާލައި، މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް ގެނެވުނުކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ރަށްތައް ދުރުދުރުގައި އެތުރިފައިވާތީ މިއީ ފަތުރުވެރިކަން ކުރިއެރުވިދާނެ ޤައުމެއް ނޫންކަމަށް ބޭރުގެ ތަޖުރިބާކާރުންގެ ދިރާސާތަކުން ދެއްކި ނަމަވެސް، ދިވެހި ދެތިން ބޭފުޅެއްގެ ބުރަ މަސައްކަތުން އެ ޞިނާޢަތް އުފައްދައި، މިއަދު ދިވެހި އިޤުތިޞާދުގެ އެންމެ އުސް ތަނބަށް އެ ދާއިރާ ހައްދަވާފައިވާ ކަމަށެވެ.

މި ތާރީޚީ ޙާދިސާތަކުން ހާމަވަނީ ދިވެހި ރައްޔިތުން އަބަދުވެސް އެދެނީ ހޭލުންތެރި، މަދަނިއްޔަތެއް ލިބިފައިވާ ޤައުމެއް ބިނާކުރުމަށްކަމުގައި ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި ޖުމްހޫރީ ދުވަސް ކޮންމެ އަހަރެއްގެ ވެސް ނޮވެންބަރު 11 ގައި ފާހަގަކުރަނީ 1968 ގައި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ޤާއިމުވި ތާރީޚާ ގުޅުވައިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް, ޚާއްޞަ އިނާމު 57 ބޭފުޅަކަށް އަރުވައިފިޚަބަރު | 22 މިނިޓު ކުރިންބޮޑެތި ބަދަލުތަކަށް އަބަދުވެސް ދެކޮޅުވެރިކަން އަމާޒުވި، އެކަމަކު ރައްޔިތުން އިސްކުރީ ޤައުމީ ވިސްނުން: ރައީސްޚަބަރު | 34 މިނިޓު ކުރިންކުޑަ އާބާދީއަކާއެކު މިނިވަންކަމާއި ޑިމޮކްރަސީގެ އުސޫލުތައް ލިބުމަކީ ގައުމީ ވިސްނުމުގެ ލާމަސީލު ނަމޫނާއެއްޚަބަރު | ގަޑިއިރެއް ކުރިންޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކާ ގާތަށްޚަބަރު | 3 ގަޑިއިރު ކުރިން