ކުޑަ އާބާދީއަކާއެކު މިނިވަންކަމާއި ޑިމޮކްރަސީގެ އުސޫލުތައް ލިބުމަކީ ގައުމީ ވިސްނުމުގެ ލާމަސީލު ނަމޫނާއެއް
19 ނޮވެމްބަރު 2026 - 18:39

ކުޑަ އާބާދީއަކާއެކު 4,000 އަހަރުވީ ތާރީޚެއްގައި މިނިވަންކަންމަތީ ދެމިތިބެ، ޒަމާނީ ޑިމޮކްރަސީގެ އުސޫލުތައް ލިބިގަތުމަކީ ދިވެހީންގެ ގައުމީ ވިސްނުމާއި މާތް ﷲ ދެއްވި މަތިވެރި ނިއުމަތުގެ ހެއްކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސް ވިދާޅުވީ ދވެހިރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ދިވެހި ރައްޔިތުން ޑިމޮކްރެޓިކް ނިންމުމެއް ނިންމި ދުވަހެއް ކަމަށާއި އަދި އެއީ ގައުމުގެ މާޒީއާއި މިއަދާއި މުސްތަގުބަލާ މެދު ފިކުރު ހިންގުމުގެ ދުވަހެއް ކަމަށެވެ.
ޖުމްހޫރީ ވެރިކަމުގެ މާނައަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުންގެ ނިންމުމުގެ މަތީން ހޮވާފައިވާ ވެރިޔަކު ހިންގާ ޑިމޮކްރެޓިކް ވެރިކަމެއް ކަމަށެވެ.
"އެހެންކަމުން ޖުމްހޫރީ ދުވަހަކީ ދިވެހީންގެ ދައުލަތުގެ ވެރިކަމާ މެދު ދިވެހީންގެ ބަސް އިއްވި ދުވަސް،" ރައީސް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ތާރީޚީ ނަސީބުވެރިކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ވަރަށް ފަހަކާ ޖެހެންދެންވެސް އެއް ލައްކަ މީހުން ހަމަނުވާ މަދު އާބާދީއެއްގެ ބަޔަކު އެތައް ހާސް އަހަރަކަށް މިހާ ބޮޑު ރާއްޖެއެއް ދިފާއުކޮށް މިނިވަންކަންމަތީ ތިބުމަކީ އާދަޔާ ޚިލާފު ހަގީގަތެއް ކަމަށެވެ. އަދި ދުނިޔޭގައި އަމިއްލަ މިނިވަން ބިމެއް ނުލިބި އަނިޔާ ލިބެމުންދާ އެތައް އިންސާނުނެއްގެ ވޭންތަކާ އަޅާބަލާއިރު، ދިވެހީންނަށް ލިބިފައިވާ އަމާންކަމާއި މިނިވަންކަމަށް ޓަކައި އަބަދުވެސް މާތް ﷲއަށް ޝުކުރުވެރިވާން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އިސްލާމްދީން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގަތްތާ ކުރީކޮޅުގައި ދިވެހީން އެ މާތް ދީން ޚިޔާރުކުރިކަމާއި، މި ސަރަހައްދުގައި އެންމެ ފުރަތަމަ ލިޔެވުނު ފުރިހަމަ ގާނޫނުއަސާސީ އެކުލަވައިލީ ދިވެހީންކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ރަސްކަމަކުން އިންތިޚާބީ ރަސްކަމަކަށް، އިންތިޚާބީ ރަސްކަމަކުން ޖުމްހޫރީ ވެރިކަމަކަށް، އަދި ޒަމާނީ ޑިމޮކްރަސީގެ އުސޫލުތަކަށް ދިވެހީން ވާޞިލުވުމުން އެނގެނީ، ގައުމަށް އެންމެ ފައިދާހުރި މަގުތައް ޚިޔާރުކުރުމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާ ރައްޔިތެއްކަން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމާއި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުންވެސް އޮތެވެ.

-01.jpg&w=3840&q=75)
