logo
MPL

MPL

ޚަބަރު

ރޮހިންޔާ މުސްލިމުންގެ ހައްގުގައި އިއްވި ހުކުމަށް ރައީސްގެ މަރުހަބާ

އަޙުމަދު ރަމީޒު
19 ނޮވެމްބަރު 2026 - 16:19
ރޮހިންޔާ މުސްލިމުންގެ ހައްގުގައި އިއްވި ހުކުމަށް ރައީސްގެ މަރުހަބާ

މިޔަންމާއާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު އިއްވި ހުކުމަކީ ގަތުލުއާންމު ހުއްޓުވުމާ ބެހޭ މުއާހަދާ ނެގެހެއްޓުމަށާއި ބައިނަލްއަގުވާމީ އިންސާފު ގާއިމުކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ގަތުލުއާންމު ހުއްޓުވުމާއި އެފަދަ ކުށްތަކަށް އަދަބު ދިނުމާ ބެހޭ މުއާހަދާ (ޖެނޮސައިޑް ކޮންވެންޝަން)ގެ ދަށުން ގެމްބިއާއިން މިޔަންމާއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އައިސީޖޭއިން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ ސުލްހަވެރި އަދި ގާނޫނީ ނިޒާމުގެ ތެރެއިން ބައިނަލްއަގުވާމީ ގާނޫނީ އިލްތިޒާމުތައް ނެގެހެއްޓުމާއި ޖަވާބުދާރީކުރުވުން ކުރިއެރުވުމުގައި އެ ކޯޓުން އަދާކުރާ މުހިއްމު ދައުރު މި ހުކުމުން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމަށެވެ.

މި މައްސަލައިގެ ޝަރީއަތުގައި ބައިވެރިވި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. ރައީސް ވިދާޅުވީ ޖެނޮސައިޑް ހުއްޓުވައި އެފަދަ ޖަރީމާތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ރާއްޖެ ދެގޮތެއް ނުވެ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އެފަދަ ލާއިންސާނީ ޖަރީމާތައް ހުއްޓުވޭނީ ހަމައެކަނި ބައިނަލްއަގުވާމީ ގާނޫނީ އިލްތިޒާމުތަކަށް އިހުތިރާމްކޮށްގެން ނޫން ކަމަށާއި، އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދީ، ޒިންމާދާރުކުރުވުމަށް މުޅި ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ.

މީގެއިތުރުން ރައީސް ވަނީ ގަތުލުއާންމު ހުއްޓުވުމަށާއި، އިންސާފާއި ޖަވާބުދާރީކުރުވުން ކަށަވަރުކުރުމުގެ އިތުރުން އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދީ، ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ދުނިޔޭގެ ހުރިހާ ގައުމުތަކަށް ގޮވާލައްވާފަ އެވެ.

މި މައްސަލައަކީ 2017 ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކާ ގުޅިގެން 2019 ވަނަ އަހަރު އޯއައިސީގެ ގައުމުތަކުގެ ތާއީދާއެކު ގެމްބިއާއިން އައިސީޖޭއަށް ހުށަހެޅި މައްސަލަ އެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކާ ގާތަށްޚަބަރު | 6 މިނިޓު ކުރިންރޮހިންޔާ މުސްލިމުންގެ ހައްގުގައި އިއްވި ހުކުމަށް ރައީސްގެ މަރުހަބާޚަބަރު | 30 މިނިޓު ކުރިން މަސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެވިއްޖެ: މިނިސްޓަރު ޝިޔާމް ޚަބަރު | 4 ގަޑިއިރު ކުރިންކޮންމެ ކަމަކަށް މަލާމާތްކުރާ މިފަދަ އިދިކޮޅު ބަޔަކު އެހެން ތަނެއްގައި ނޫޅޭ: ރައީސްޚަބަރު | 2 ދުވަސް ކުރިން