logo
MPL

MPL

ޚަބަރު

ކޮންމެ ކަމަކަށް މަލާމާތްކުރާ މިފަދަ އިދިކޮޅު ބަޔަކު އެހެން ތަނެއްގައި ނޫޅޭ: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ނޮވެމްބަރު 2026 - 03:37
ކޮންމެ ކަމަކަށް މަލާމާތްކުރާ މިފަދަ އިދިކޮޅު ބަޔަކު އެހެން ތަނެއްގައި ނޫޅޭ: ރައީސް

ކޮންމެ ކަމަކާ ދެކޮޅު ހަދައި މަލާމާތްކުރާ ބަޔަކު ރާއްޖޭގައި އުޅޭ ކަމަށާއި، މިފަދަ އިދިކޮޅު ބައެއް އެހެން އެއްވެސް ތަނެއްގައި ނޫޅޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އަދި އިދިކޮޅު ފަރާތްތައް ހިޔާލީ ދުނިޔެއެއްގައި ބައިތިއްބާފައި، ސަރުކާރުން ކުރިއަށްދާނީ ހަގީގީ ނަތީޖާ ނެރެމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި އެމަނިކުފާނު ވަނީ ސަރުކާރުން ޒުވާނުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލީ މައުލޫމާތުތައް ހިއްސާކުރައްވައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ވަތަނީ ހިދުމަތުގެ ޕްރޮގްރާމް މިހާތަނަށް 1،028 ކުދިން ފުރިހަމަކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ކޮންމެ އަހަރަކު މަދުވެގެން 1،000 ކުދިން މި ޕްރޮގްރާމުގައި ބައިވެރިކޮށް، ކުރިއަށް އޮތް ތަނުގައި އެ އަދަދު 1،500 އާ ހަމައަށް އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ދީނީ ދާއިރާއިން ޒުވާނުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން މިހާތަނަށް 717 ޒުވާން ހަތީބުން ތަމްރީނުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ހިނގާ ރިޔާސީ ދައުރު ނިމިގެންދާއިރު ތަމްރީނުކުރެވޭ ޒުވާން ހަތީބުންގެ އަދަދު 1،000 އަށް ގެންދިއުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

ޒުވާނުން ތަރުބިއްޔަތު ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ފާހަގަކުރެއްވީ، އާދައިގެ އިމާރާތެއް ބިނާކުރުމަށްވުރެ ގައުމު ދެކެ ލޯބިވާ ވަފާތެރި ޒުވާނެއް ތައްޔާރުކުރުމަކީ މާ މުހިންމު ކަމެއް ކަމުގައެވެ. އަދި ތަރައްގީގެ ބިނާތަކާ އެއްވަރަށް މުޖުތަމައުގައި އިހުތިރާމް އާލާކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަކީ ގައުމު އުޖާލާކުރެވޭނެ އެންމެ ސީދާ މަގު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ސިޔާސަތުތަކަށް ކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ވާހަކަ ދައްކާނީ އަމަލީ ގޮތުން ނެރެދޭ ނަތީޖާއިން ކަމަށެވެ.

"ވާހަކަ ދައްކާނީ ނަތީޖާއިން، އިދިކޮޅު ފަރާތްތަކުން ހިޔާލީ ދުނިޔޭގައި ބައިތިއްބާފައި އަޅުގަނޑުމެން ދާނީ ހަގީގީ ދުނިޔޭގައި ކުރިއަށް،" ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ވަނީ ގައުމުގެ އިގުތިސާދީ ދުވެލި ވަރުގަދަކުރުމުގެ ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި، ޒުވާނުންގެ އަހުލާގީ އަދި ފިކުރީ ތަރައްގީއަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ބައްލަވާލައްވައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮންމެ ކަމަކަށް މަލާމާތްކުރާ މިފަދަ އިދިކޮޅު ބަޔަކު އެހެން ތަނެއްގައި ނޫޅޭ: ރައީސްޚަބަރު | 11 މިނިޓު ކުރިންއަމާޒަކީ 2029 ގައި ރާއްޖޭގެ ބަޖެޓް ސާޕްލަސްއަކަށް ބަދަލުކުރުން: ރައީސްޚަބަރު | 16 މިނިޓު ކުރިންތަފާތު ލޭބަލްތައް އެޅުވިޔަސް ފަރުވާލެއް ނެތް، އިސްކުރާނީ ގައުމު: ރައީސްޚަބަރު | 26 މިނިޓު ކުރިންރަސްމާލެއިން 800 ހެކްޓަރު ހިއްކައިފި: ހުޅުމާލޭގެ ދެ ފިޔަވަހީގެ ދެގުނައަށްވުރެ ބޮޑު ސަރަހައްދެއްޚަބަރު | 35 މިނިޓު ކުރިން