logo
MPL

MPL

ޚަބަރު

މަސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެވިއްޖެ: މިނިސްޓަރު ޝިޔާމް

އައިޝަތު އިނާޝާ
19 ނޮވެމްބަރު 2026 - 12:29
 މަސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެވިއްޖެ: މިނިސްޓަރު ޝިޔާމް

މި ސަރުކާރަށް 3 އަހަރުވެގެންދިޔައިރު މަސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހައްލު ގެނެސްދެއްވާފައިވާ ކަމަށާ މިއީ މަސްވެރިންނާ އެންމެ ގާތުން މަސައްކަތްކުރެއްވި ސަރުކާރުކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައި ވަޒީރު ވިދާޅުވީ މި 3 އަހަރަކީ މަސްވެރިންނަށާ މަސްވެރި އާއިލާތަކަށް އުފާފާގަތިކަން ގެނެސްދިން 3 އަހަރު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށްޓަކާ ވަރަށް ފުރިހަމަ މެނިފެސްޓޯއަކާއި އެކު ކަމަށެވެ. އެގޮތުން މަސްވެރިކަމާ ދަނޑުވެރިކަމުގެ ދާއިރާގައި ޒަމާނުއްސުރެ ހުރި ބޮޑެތި މައްސަލަތައް އަދި ދިވެހީންނަށް ކަނޑުރޯދިން ނަފާ އިތުރުކުރުމަށް ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ބޭޏުންކުރުމަށްޓަކާވެސް އެމަނިކުފާނުގެ މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ހިމަނާފައި ހުރިކަމަށް ވަޒީރު ވިދާޅުވިއެވެ. މަސްވެރިންގެ އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްވެރިން ކުރިން ކިރާފައި ހުރި މަހަށް ފައިސާ ނުލިބި ދިގުލައިގެން ދިއުންކަމަށް މަސްވެރިކަމުގެ ވަރަށް ގިނަ އާއިލާތަކެއް އެ އުނދަގޫ ތަހައްމަލް ކުރަމުން ދިޔަ ކަމަށާ އެހެންނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެންމެ ހާއްސަ އިސްކަމެއް ދެއްވީ މަސްވެރިންނަށް މިފްކޯއިން ދޭންޖެހިފައި ހުރި ފައިސާ ދީ ހަލާސްކުރުމަށް ކަމަށާ މި ވެރިކަމަށް އަހަރެއް ނުވަނީސް އެވައުދުފުޅު ފުއްދެވުމުގެ އިތުރުން މަސްވެރިންނަށް 48 ގަޑި އިރު ތެރޭ ފައިސާ ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއަށް މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކާވެސް ގިނަ ކަންތައްތަކެއް ކުރެއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ.

" ސާޅީހަކަށް އަހަރުވީ އެންމެ ފެކްޓްރީ އަކާއި އެކީގައި ރާއްޖޭން ބޭރު ކުރާ މަހުގެ %85 މި ބޭރު ކުރަނީ ރޯ މަހުގެ ގޮތުގައި އެހެން ކަމުން ރާއްޖޭގައި އަކު އެއްކުރެވޭނެ ގޮތަށް ވަސީލަތްތައް ގާއިމްކުރެވެން ޖެހޭ ފެކްޓްރީތައް އިތުރުކުރަންޖެހޭ އެގޮތުން ރާއްޖޭގައި 3 ފެކްޓްރީއެއްގެ މަސައްކަތް އެބަދޭ ކުރިއަށް " ވަޒީރު ވިދާޅުވިއެވެ.

މަހަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މަސް ރައްކާ ކުރެވޭޏެ ގޮތް ނެތުމުން އެއީ މަސްވެރިންނަށް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާ ރާއްޖޭގައި ކޯލްޑް ސްޓޯރޭޖް އިތުރު ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަރަށް ހާއްސަ އިސްކަމެއް ދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން މަސްވެރިންގެ އަނެއް ކަންބޮޑުވުމަކީ ފަސޭހައިން އައިސް ނުލިބުންކަމަށާ އެކަން ހައްލުކުރުމަށް 21 ރަށެއްގައި އައިސްޕްލާންޓުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސަރުކާރަކުން އެންމެ ގިނަ އައިސްޕްލާންޓު ގާއިމްކުރީ މި ސަރުކާރުން ކަމަށާ ތާރީހުގައި ވެސް މި ސަރުކާރު ވެގެންދާނީ 5 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އައިސްޕްލާންޓު ގާއިމްކުރި ސަރުކާރަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެވިއްޖެ: މިނިސްޓަރު ޝިޔާމް ޚަބަރު | 28 މިނިޓު ކުރިންކޮންމެ ކަމަކަށް މަލާމާތްކުރާ މިފަދަ އިދިކޮޅު ބަޔަކު އެހެން ތަނެއްގައި ނޫޅޭ: ރައީސްޚަބަރު | ދުވަހެއް ކުރިންއަމާޒަކީ 2029 ގައި ރާއްޖޭގެ ބަޖެޓް ސާޕްލަސްއަކަށް ބަދަލުކުރުން: ރައީސްޚަބަރު | ދުވަހެއް ކުރިންތަފާތު ލޭބަލްތައް އެޅުވިޔަސް ފަރުވާލެއް ނެތް، އިސްކުރާނީ ގައުމު: ރައީސްޚަބަރު | ދުވަހެއް ކުރިން