logo
MPL

MPL

ޚަބަރު

ކުދިން ބޭނުންވާ ފަދަ މުސްތަގުބަލެއް ހޯދައިދިނުމުގެ އަޒުމް ރައީސް އައުކުރައްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
20 ނޮވެމްބަރު 2026 - 13:19
ކުދިން ބޭނުންވާ ފަދަ މުސްތަގުބަލެއް ހޯދައިދިނުމުގެ އަޒުމް ރައީސް އައުކުރައްވައިފި

ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އެކުދިން ބޭނުންވާ ފަދަ މުސްތަގުބަލެއް ބިނާކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އަޒުމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައުކުރައްވައިފިއެވެ.

މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރު ކަމަށްވާ "މައި ޑޭ، މައި ރައިޓްސް، މައި ފިއުޗާ" އަށް އަލިއަޅުއްވާލައްވައި، ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުދިންގެ ދިރިއުޅުމާ ގުޅޭގޮތުން ނިންމާ ނިންމުންތަކުގައި އެކުދިންގެ އަޑު އެހުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި އަނިޔާއިން ރައްކާތެރިކުރުން ހަރުދަނާކުރުމާއި، އާއިލީ ވެއްޓެއްގައި ކުދިން ބަލަހައްޓާ ނިޒާމު ފުޅާކުރުމުގެ އިތުރުން ސިއްހީ ޚިދުމަތްތަކާއި އެންމެން ޝާމިލުވާ ތައުލީމީ ނިޒާމެއް ގާއިމުކުރުމަށް ރާއްޖެއިން އިސްކަންދެމުން އަންނަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ތެރަޕީގެ ޚިދުމަތްތަކާއި، އިޖުތިމާއީ ރައްކާތެރިކަމާއި އަލުން މުޖުތަމައަށް ގެނައުމުގެ ޕްރޮގްރާމްތައް މެދުވެރިކޮށް، ކުދިންގެ ތަރައްގީގެ ކޮންމެ މަރުހަލާއެއްގައިވެސް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުތައް ރާއްޖެއިން ކުރިއަށް ނެރެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޒަމާނަށް އަންނަ ބަދަލުތަކާއެކު ކުދިންގެ ދުޅަހެޔޮކަމަށް ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމަށް ގެންނަ އިސްލާހުތަކާއި ޑިޖިޓަލް ރައްކާތެރިކަމަށް އެޅޭ ފިޔަވަޅުތަކުން ދައްކުވައިދެނީ ކުދިންގެ ރައްކާތެރިކަމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ކަމަށެވެ.

ރައީސް ވިދާޅުވީ، ހަގީގީ ކުރިއެރުމެއް ހޯދޭނީ ހަމައެކަނި ކުދިންނަށް ޚާއްސަކޮށްގެން ހަދާ ސިޔާސަތުތަކަކުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެކުދިންގެ ތަޖުރިބާތަކުގެ އަޑުއަހައި، ޚިޔާލުތަކަށް އިހުތިރާމުކޮށް، އެކުދިން ވާރުތަވާން އޮތް މުސްތަގުބަލު ބިނާކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ކުދިން އެދޭ ފަދަ މުސްތަގުބަލެއް ބިނާކޮށްދިނުމަށްޓަކައި ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދިނުމުގެ އަޒުމް އައުކުރުމަށްވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުދިން ބޭނުންވާ ފަދަ މުސްތަގުބަލެއް ހޯދައިދިނުމުގެ އަޒުމް ރައީސް އައުކުރައްވައިފިޚަބަރު | 17 މިނިޓު ކުރިންއެންމެ ބޮޑު މިސްކިތާއި ވަޤުފު އިންވެސްޓްމަންޓްތައް: ދީނީ ކަންކަމަށް ތާރީޚީ ބޮޑު އިންގިލާބެއް!ރިޕޯޓް | 2 ގަޑިއިރު ކުރިންދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް, ޚާއްޞަ އިނާމު 57 ބޭފުޅަކަށް އަރުވައިފިޚަބަރު | 18 ގަޑިއިރު ކުރިންބޮޑެތި ބަދަލުތަކަށް އަބަދުވެސް ދެކޮޅުވެރިކަން އަމާޒުވި، އެކަމަކު ރައްޔިތުން އިސްކުރީ ޤައުމީ ވިސްނުން: ރައީސްޚަބަރު | 18 ގަޑިއިރު ކުރިން