logo
Bank of Maldives

Bank of Maldives

ޚަބަރު

ހއ.އަތޮޅު ހޮސްޕިޓަލުން ސްޕީޗް ތެރަޕީގެ ޚިދުމަތްދޭން ފަށައިފި

ޝަހްޒާ މުހައްމަދު
4 ސެޕްޓެމްބަރު 2025 - 15:45
 ހއ.އަތޮޅު ހޮސްޕިޓަލުން ސްޕީޗް ތެރަޕީގެ ޚިދުމަތްދޭން ފަށައިފި

ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފަށައިފިއެވެ.

އަތޮޅު ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް ސްޕީޗް ތެރަޕީގެ ޚިދުމަތް ފެށި މި ޚަިދުމަތަކީ ވާހަކަދެއްކުމުގެ ދަތިތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކަށް އަމާޒުކޮށްގެން ދެވޭ ފަރުވާއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާތަނަށް އަތޮޅުތެރޭގައި މި ޚިދުމަތް ލިބެން ހުރީ ހަމައެކަނި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުންނެވެ. ހއ. ދިއްދޫގައި މި ޚިދުމަތް ފެށުމާއެކު، އަތޮޅު ފެންވަރުގެ ހޮސްޕިޓަލެއްގައި މި ޚިދުމަތް ފެށި ފުރަތަމަ ތަނަކަށް ވެގެން ދިޔައެވެ. މި ޚިދުމަތް ފެށުމުގައި ދިއްގާ ފައުންޑޭޝަނުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ޚިދުމަތް ފެށުމާއެކު، މާލެއާއި ދުރު ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ލުޔެއް ލިބިގެންދާނެއެވެ. ޚިދުމަތް ހޯދުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ކިއު.އާރް ކޯޑް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. ފުރަތަމަ ދުވަހު 30 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގައި މި ޚިދުމަތް ލިބޭނެ ގޮތަށް ހަމަޖެހިފައިވެއެވެ. ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް މި ޚިދުމަތް ލިބޭނެއެވެ. ޚާއްސަކޮށް ވާހަކަދެއްކުމުގެ ދަތިކަން ހުންނަ ކުޑަކުދިންނަށް މި ޚިދުމަތުން ފައިދާ ކުރާނެއެވެ.

މި ޚިދުމަތް ފެށުމުގައި ސިއްޙީ ވުޒާރާއާއި، ރަށު އަދި އަތޮޅު ކައުންސިލާއި، ދާއިރާގެ މަޖިލިސް މެންބަރުގެ އެހީތެރިކަން ލިބިފައިވާކަން ހޮސްޕިޓަލުން ފާހަގަކުރެއެވެ. އަދި ނ. އަތޮޅުގައިވެސް މި ޚިދުމަތް ފެށުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

ސްޕީޗް އަދި އޮކިއުޕޭޝަނަލް ތެރަޕީއަކީ ކުދިންގެ ހެދިބޮޑުވުމުގައި ދިމާވާ މައްސަލަތަކަށް ވަރަށް މުހިންމު ފަރުވާއެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމީ ޞިއްޙީ ލެބޯރޓަރީ އެޅުމަށްޓަކާ ފިސިބިލިޓީ ސްޓަޑީ ހެދުމާއި، ޢިމާރާތް ޑިޒައިންކުރުމަށް ހަވާލުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދާ ދުވުން ފަށައިފިޚަބަރު | 10 ދުވަސް ކުރިންމާމެންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފިޚަބަރު | 20 ދުވަސް ކުރިންގުރައިދޫ ހޮސްޕިޓަލު އިމާރާތުގެ ބިންގާ އަޅައިފިޚަބަރު | މަހެއް ކުރިން