logo
Bank of Maldives

Bank of Maldives

ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުން އަނބުރާ މުޖުތަމައަށް ނެރުމަށް މަސައްކަތްތަކެއް

އާމިނަތު ޝަފާ
28 ޖުލައި 2025 - 12:28
 ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުން އަނބުރާ މުޖުތަމައަށް ނެރުމަށް މަސައްކަތްތަކެއް

ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިއްބެވި ފަރާތްތައް މުޖުތަމައުއަށް އަނބުރާ ގެނައުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ މިގޮތުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިއްބެވި ފަރާތްތަކުގެ ތެރެއިން މުޖުތަމައުއަށް މިހާރު ގެނެވޭ ހާލަތްތަކުގައި ތިއްބެވި ފަރާތްތައް މުޖުތަމައަށް އަހުލުވެރިކުރުމުގެ މަޤްސަދުގައި މިނިވަން 60 އާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތައް ދައްކާލުމާއި އާއިލާގެ ފަރާތްތަކާއިއެކު ވަގުތު ހޭދަކޮށްދިނުމަށް މި ޕްރޮގްރާމުގެ ތެރެއިން ވަނީ ފުރުސަތު ފަހިކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓްރީ އޮފް ހެލްތު، އެޗްޑީސީ އަދި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓު ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމްއެވެ.

ކ. ގުރައިދޫގައި ހުންނަ ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، 6 ޖޫން 1976ގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުގެ ހިޔާވަހިކަން ދިނުމަށް ގާއިމްކުރެވިފައިވާ މަރުކަޒަކެވެ.

ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ނުވަތަ "ހޯމް ފޯ ޕީޕަލް ވިތް ސްޕެޝަލް ނީޑްސް" މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެކި ކަހަލަ ނަފްސާނީ ބަލިހުންނަ ފަރާތްތަކުގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ވެސް އެފަރާތްތަކުގެ "ހޯމްއެއްގެ ގޮތު ގައި" ނުވަތަ "އަމިއްލަ ގެ"ކަމުގައި ދެކެމުން އަންނަ މަރުކަޒެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިޚަބަރު | 3 ދުވަސް ކުރިން5 ރަށެއްގައި ސިއްހީ މަރުކަޒުތައް އަޅަން ވެމްކޯ އަދި އެމްޓީސީސީއާ ހަވާލުކޮށްފި ޚަބަރު | 4 ދުވަސް ކުރިންފުލިދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅުމާ، ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 6 ދުވަސް ކުރިން ހއ.އަތޮޅު ހޮސްޕިޓަލުން ސްޕީޗް ތެރަޕީގެ ޚިދުމަތްދޭން ފަށައިފި ޚަބަރު | 20 ދުވަސް ކުރިން