logo
E-Platinum
ޚަބަރު

ލައިސެންސެއް ނުހޯދާ ސިއްހީ ހިދުމަތް ދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަނީ

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
12 ސެޕްޓެމްބަރު 2024 - 08:40
ސިއްޚީ ވުޒާރާ ހިންގާ ރޯޝަނީ ބިލްޑިން
ސިއްޚީ ވުޒާރާ ހިންގާ ރޯޝަނީ ބިލްޑިން

ލައިސެންސެއް ނުހޯދާ ސިއްހީ ހިދުމަތް ދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

ހެލްތު މިނިސްޓރީން އެފަދައިން ނިންމީ ރާއްޖޭގައި ބައެއް ފަރާތްތަކުން ހުއްދަ ނުހޯދައި އެކި ސިއްހީ ފަރުވާ ދެމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން އެ ވުޒާރާއިން ބުނީ، ރާއްޖޭގައި ސިއްހީ އެއްވެސް ހިދުމަތެއް ދެވޭނީ ސިއްހީ ހިދުމަތްދޭ ތަންތަން ހިންގުމާ ބެހޭ ގަވާއިދުގެ ދަށުން އެ ތަން ރަޖިސްޓްރީކޮށް އަދި އޮޕަރޭޓިން ލައިސެންސް ހޯދުމަށް ފަހު ކަމަށާއި، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 20 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ރަޖިސްޓްރީނުކޮށް އަދި ލައިސެންސް ނެތި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދިނުމަކީ ކުށެއް ކަމަށެވެ.

އަދި އެގޮތަށް އަމަލުކުރާ ފަރާތްތަކާ ދޭތެރޭ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަލާނެކަން އަންގާ މިނިސްޓްރީން މިހާރުވަނީ އިއުލާންކޮށްފައެވެ.

ސިއްހީ ހިދުމަތް ދިނުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގެ ދަށުން އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ރާއްޖޭގައި ދެވޭނީ މިނިސްޓްރީގައި ރަޖިސްޓްރީކޮށް ލައިސެންސް ހޯދުމަށް ފަހު އޮތް ނަމަވެސް ބައެއްފަރާތްތަކުން ހުއްދަ ނުހޯދާ ސިއްޙީ ޚިދުމަތް ދެމުންދާކަން މިނިސްޓްރީ އަށް ވަނީ ފާހަގަކުރެވިފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުން އަނބުރާ މުޖުތަމައަށް ނެރުމަށް މަސައްކަތްތަކެއްޚަބަރު | 19 ގަޑިއިރު ކުރިންނ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފިޚަބަރު | 7 ދުވަސް ކުރިންނަފްސާނީ އެހީގެ ހެލްޕް ލައިންގެ ޚިދުމަތް މިއަހަރުގެ މިހާތަނަށް 5000 އަށްވުރެ ގިނަ މީހުން ހޯދައިފިޚަބަރު | 22 ދުވަސް ކުރިންމަތީ ތަޢުލީމު ދޭ ބައެއް ކޮލެޖް ޔުނިވަރސިޓީ ތަކާއި އެކު ލޭ ދިނުމަށް މީހުން ހޭލުންތެރިކުރަނީޚަބަރު | 2 މަސް ކުރިން