logoEN
ޚަބަރު

އާރުޓީއެލްގެ ޚިދުމަތް އަރިއަތޮޅުގައި ފަށަނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

15 ޑިސެމްބަރު 2024 - 16:00

އާރުޓީއެލް ފެރީގެ ހިދުމަތް އަރިއަތޮޅުގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އަރިއަތޮޅު ކައުންސިލާ އެކު މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

ރައީސް ވަނީ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމަށް އާރްޓީއެލްގެ ޚިދުމަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާފަ އެވެ. އަދި ދެންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަން އެގޮތުގެ މަތިން ބައްލަވާނެ ކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

އެގޮތުން، ކައުންސިލުން ވަނީ ސުކޫލުގައި ސޯލާ ހަރުކުރުމާ ގުޅޭގޮތުންވެސް ރައީސް އާއެކު މަޝްވަރާ ކުރައްވާފައެވެ. އަދި އަތޮޅު ކައުންސިލަށް އާމްދަނީ ހޯދުމަށް މަގުފަހިވާނެ ގޮތަކަށް އދ ލޮނުބޯ، ބޭނުންކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށާއި އަތޮޅުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށާއި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށާއި ފަތުރުވެރިކަން ފުޅާކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލުން ވަނީ އަތޮޅުގައި ޕިކްނިކް ދާނެ ރަށްތައް މަދުކަން ފާހަގަކުރައްވައި އެކަން ފަހިކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder