logo
ޚަބަރު

ތަޢުލީމީ ވުޒާރާއަށް 92 އަހަރު

އާމިނަތު ޝަފާ
23 ޑިސެމްބަރު 2024 - 04:47
ތައުލީމީ ވަޒީރު ޝަފީއު
ތައުލީމީ ވަޒީރު ޝަފީއު

ތަޢުލީމީ ވުޒާރާއަށް 92 އަހަރު ފުރުން ފާހަގަކުރުމަށް ޚާއްޞަ ޙަފްލާއެއް ބާއްވައިފިއެވެ. 

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވަނީ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ. 

Ad by Hajj Corporation

Ad by Hajj Corporation

އަޅުގަނޑުމެން މިކުރާ މަސައްކަތް ކޮންމެ ރަށެއްގެ ހުންނަ ސްކޫލެއްގެ ތެރެއިންނާ ކޮންމެ ގެއެއްގެ ތެރެއިން ފެންނާނެ. އަދި ކޮންމެ ދުވަހަކު ދަރިވަރުންގެ އުނގެނުމުގެ ޙަރަކާތްތަކުގައި ތިޔަ ބޭފުޅުންގެ ވަރަށް ބޮޑު ބައިވެރިވުމެއް އެބައޮތް.

މީގެ އިތުރުން މިނިސްޓަރ ވަނީ ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގައި ދެމިތިއްބެވުމަށް މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން މިދިޔަ 1 އަހަރުގެ ތެރޭގައި މިނިސްޓްރީއިން ހޯދުނު ކާމިޔާބީތަކަކީ، ހުރިހާ މުވައްޒަފުން ގުޅިގެން ކުރެއްވި މަސައްކަތުގެ ނަތީޖާކަން ފާހަގަކޮށް، މުވައްޒަފުންނަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ހިދުމަތުގެ ނިޒާމަށް ބަލާލާއިރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނަކީ ދިވެހިރާއްޖޭގެ އެންމެ ގިނަ ރައްޔިތުންނަށް ހިދުމަތްދޭ މުވައްސަސާކަމަށާއި ދައުލަތުގެ ސްކޫލުތަކުގައި ވެސް 80،000 އަށް ވުރެ ގިނަ ދަރިވަރުންނާއި 10،000 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

ކޮންމެ މުވައްޒަފަކީ މުހިންމު މުވައްޒަފެއް. ކޮންމެ މުވައްޒަފަކު ކުރައްވާ މަސައްކަތް ވަކި ވަކި މަސައްކަތެއްގެ ގޮތުގައި ނުބެލި ކަމުގައި ވިޔަސް، މުޅި މަސައްކަތް އަޅުގަނޑުމެންނަށް ފެންނާނީ އެންމެންގެ މަސައްކަތް އެއްކޮށްލުމުން. އެހެން ވީމާ، ހުރިހާ ބޭފުޅުން އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް

މީގެ އިތުރުން ތަޢުލީމީ ދާއިރާގެ ކަންކަން އިންތިޒާމުކޮށް، ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށާއި އަދި ގައުމު ބިނާކުރުމުގެ ހަގީގީ މަސައްކަތް ކުރެވެމުން މިދަނީ އެޑިޔުކޭޝަން މިނިސްޓްރީ އިން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

 ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢުލީމީ ވުޒާރާއެއް އުފެދިފައިވަނީ 1932 ވަނަ އަހަރު އޭރުގެ ރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބޮވަނަ މަހާރަދުން ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އިޢުލާން ކުރެއްވުމާ ގުޅިގެންނެވެ. އެހެން ނަމަވެސް، އެގޭ ކުރިން ވެސް ދިވެހި ދައުލަތުގެ ފަރާތުން ރަސްމީކޮށް ތަޢުލީމު ދިނުމުގެ މަސައްކަތް ކޮށްފައިވާކަން ތާރީޚުން އެނގެން އެބައޮތެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އއ. އޭއީސީގައި ތިންބުރީގެ އިމާރާތެއް އަޅަން އެމްޓީސީސީއަށްޚަބަރު | 24 ދުވަސް ކުރިންޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ މަޤާމަށް ފަސް ބޭފުޅުންޚަބަރު | 2 މަސް ކުރިންފިރިހެންކުދިން ފާސްވާ ނިސްބަތް މަދުވާތީ އެސެސްމަންޓެއްހަދާ ފިޔަވަޅުތަކެއް އަޅާނަން: އެޑިއުކޭޝަން މިނިސްޓަރ ޚަބަރު | 3 މަސް ކުރިންމަތީ އަރުތަވެރީންގެ އިނާމު މި މަހު 21 އަދި 22 ގައިޚަބަރު | 3 މަސް ކުރިން