logo
ޚަބަރު

ފިރިހެންކުދިން ފާސްވާ ނިސްބަތް މަދުވާތީ އެސެސްމަންޓެއްހަދާ ފިޔަވަޅުތަކެއް އަޅާނަން: އެޑިއުކޭޝަން މިނިސްޓަރ

ޝަހްޒާ މުހައްމަދު
21 ޖޫން 2025 - 12:53
ފިރިހެންކުދިން ފާސްވާ ނިސްބަތް މަދުވާތީ އެސެސްމަންޓެއްހަދާ ފިޔަވަޅުތަކެއް އަޅާނަން: އެޑިއުކޭޝަން މިނިސްޓަރ

މިދިޔަ އަހަރު ފަސްމާއްދާއިން ފާސްވި ދަރިވަރުންގެ ތެރެއިން އަންހެން ކުދިންގެ އަދަދު ފިރިހެން ކުދިންގެ އަދަދަށްވުރެ އިތުރުވެފައިވާތީ، މިނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަން ޖެހޭކަމަށް ތަޢުލީމާއި ބެހޭ ވަޒީރު، ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

 މިއަދު ބޭއްވުނު މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ދެވަނަ ދަންފަޅީގައި ވާހަކަފުޅުދައްކަމުން ވަޒީރު ވިދާޅުވީ، މިދިޔަ އަހަރު ޖުމްލަ 7،673 ދަރިވަރުންގެ ތެރެއިން 56 ޕަސެންޓަކީ އަންހެން ދަރިވަރުންކަމަށެވެ. އަދި ފިރިހެން ދަރިވަރުންގެ ނިސްބަތަކީ 44 ޕަސެންޓްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ފަސްމާއްދާއިން ފާސްވި ދަރިވަރުންގެ ތެރެއިން 3،868 އަކީ އަންހެން ދަރިވަރުން ކަމަސާއި 3،804 އަކީ ފިރިހެން ދަރިވަރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ދެ ޖިންސުގެ ދަރިވަރުންގެ ނަތީޖާ އެއް ހަމައަކަށް ގެނައުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

 ވަޒީރު ވިދާޅުވީ އެގޮތުން، ފިރިހެން ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި އިތުރު ޕްރޮގްރާމްތަކެއް ރާވައި ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ނަތީޖާ ދައްވާ ސަބަބުތައް ދެނެގަތުަމަށް ، މިއަހަރުތެރޭގައި އެސެސްމަންޓެއް ހަދާނެކަން ވަޒީރު ހާމަކުރެއްވިއެވެ.

"މިއަހަރު ތެރޭގަ އަޅުގަނޑުމެން ރެޕިޑް އެސެސްމެންޓެއް ހަދާނަން، އޭގެ އަލީގައި އިރާދަކުރެއްވިއްޔާ، އެކަށިގެންވާ ފިޔަވަޅުތައް އަޅާ ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ނަތީޖާ އަކީ ހަމަހަމަ ނަތީޖާއަކަށް ބައްޓަން ކުރުމަށް އަޅުގަނޑުމެން މިނިސްޓްރީއިން މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ

މި ނަތީޖާއަކީ ދިވެހިރާއްޖޭގެ މުސްތަޤްބަލަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއްކަމަށް ވަޒީރު ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ލޭބަރ ފޯސް އަދި ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓަށް މީގެ ސަބަބުން މުސްތަގުބަލުގައި އަސަރުކުރާނެ ކަމަށް ވަޒީރުވިދާޅުވިއެވެ. އެހެންކަމުން، ތަޢުލީމީ ނިޒާމަކީ ހަމަހަމަ ނިޒާމަކަށް ހެދުމަށް، ދަރިވަރުންނާއި ތަޢުލީމީދާއިދާގެ މަސައްކަތްކުރާ ފަރާތްތަކުން ވެސް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

2023 އަދި 2024 ވަނަ އަހަރުގެ ޘާނަވީ އަދި މަތީ ޘާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ކުރިއަށް ގެންދަވީ 5 ދަންފަޅިއަކަށް ބަހާލައިގެން ސޯޝަލް ސެންޓަރުގައެވެ.

ޘާނަވީ އަދި މަތީ ޘާނަވީ ނިންމި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 2023-2024 ވަނަ އަހަރު 1800 އަށްވުރެ ގިނަ ދަރިވަރުން މަތީ އަރުތަވެރިންގެ އިނާމު ޙާޞިލުކުރެއެވެ.

މީގެ ތެރެއިން އޯލެވެލް އަދި އޭލެވެލްއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އޭލެވެލް އިން 1ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްގެ އިތުރުން އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް ދެވޭ ހައި އެޗީވަރސް ސްކޮލަރޝިޕް ހަވާލުކުރުންވެސް މިރަސްމިއްޔާތުތަކުގެ ތެރޭގައި އޮންނާނެކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރު އޭ-ލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފަ: އެޑިއުކޭޝަން މިނިސްޓަރޚަބަރު | 4 ގަޑިއިރު ކުރިންފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް، ސަރުކާރުގެ ސްކޫލްތަކުގައި ހިލޭ ކިޔެވޭނެ: ޝަފީއުޚަބަރު | 18 ދުވަސް ކުރިންއއ. އޭއީސީގައި ތިންބުރީގެ އިމާރާތެއް އަޅަން އެމްޓީސީސީއަށްޚަބަރު | 25 ދުވަސް ކުރިންތަޢުލީމީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ސަޢުދީ ސަފީރާއި ތަޢުލީމީ ވަޒީރު މަޝްވަރާކުރައްވައިފި ޚަބަރު | 2 މަސް ކުރިން