logo
MPL

MPL

ޚަބަރު

210 ބައިވެރިންނާއެކު ޕްރިންސިޕަލުންގެ މަހާސިންތާ ފަށައިފި

ޢައްފާން މުޙައްމަދު
11 އޮކްޓޯބަރު 2025 - 06:06
210 ބައިވެރިންނާއެކު ޕްރިންސިޕަލުންގެ މަހާސިންތާ ފަށައިފި

ރާއްޖޭގެ ސްކޫލްތައް ހިންގެވުމާ ހަވާލުވެވަޑައިގެން ތިއްބަވާ އިސް ފަރާތްކަމުގައިވާ ޕްރިންސިޕަލުންނަށް ޚާއްސަކޮށްގެން ބާއްވާ މަހާސިންތާ ފަށައިފިއެވެ.

ކްރޮސްރޯޑްސްގައި ފެށި މި އަހަރުގެ މަހާސިންތާގައި 210 ޕްރިންސިޕަލުން ބައިވެރިވެފައިވެއެވެ. މި މަހާސިންތާ ކުރިއަށް ދާނީ ދެ ދުވަހުގެ މުއްދަތަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަހާސިންތާ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.

ޕްރިންސިޕަލުންގެ މަހާސިންތާއަކީ ސްކޫލްތައް ހިންގުމުގައާއި ޕްރިންސިޕަލުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް އެކަންކަން ރަނގަޅުކުރުމަށްޓަކައި ކުރިއަށްގެންދާ މަހާސިންތާއެކެވެ. މިފަދަ އެހެން މަހާސިންތާތަކާ މިއަހަރުގެ މަހާސިންތާއާ ތަފާތުވާނެކަމަށް ތަޢުލީމީ ވުޒާރާއިން މީގެކުރިން ވަނީ ބުނެފައެވެ.

އެގޮތުން މިއަހަރުގެ ޕްރިންސިޕަލުންގެ މަހާސިންތާ ބާއްވަނީ މުދައްރިސުންގެ ޚިޔާލުތަކާއި މަޝްވަރާގެ މައްޗަށް ބިނާކޮށް ކަމަށާއި މިފަހަރުގެ މަހާސިންތާގައި މުދައްރިސުން ތަމްރީންކުރުމަށް އެކި ލެވެލްގައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، މި ދާއިރާއަށް ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.

މީގެ ކުރިން ޕްރިންސިޕަލުންގެ މަހާސިންތާ ބާއްވާފައިވަނީ އެހާ ބޮޑަށް މުދައްރިސުންގެ ބައިވެރިވުމަކާނުލައި ކަމަށްވާއިރު، ކުރިން މި މަހާސިންތާއަކީ ޕޮލިސީ ކަރުދާސްތައް ފޮނުވައިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ޕްރިންސިޕަލުންނާއި މުދައްރިސުންނާ މަޝްވަރާކޮށް އެމީހުންގެ ރެކަމަންޑޭޝަންތައް ހިފައިގެން އަންނަ ގޮތަކަށް ބާއްވަމުން އައި ކޮންފަރެންސެއް ނޫންކަމަށް ވުޒާރާއިނ ްމައުލޫމާތުދެއެވެ.

ޕްރިންސިޕަލުންގެ މަހާސިލްތާ މި ފަހަރު ތަފާތުވާނެކަން ފާހަގަކޮށް ސީދާ މުދައްރިސުންގެ ލެވަލްގައި މަޝްވަރާކޮށްގެން ހަޤީގީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެކަން ތައުލީމީ ވުޒާރާއިން ފާހަގަކުރެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 18 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | 2 ދުވަސް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 2 ދުވަސް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން