logo
Bank of Maldives

Bank of Maldives

ޚަބަރު

ޔުނެސްކޯގެ މިނިސްޓީރިއަލް ޑައިލޮގުގައި ތަޢުލީމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ

އިސްމާޢިލް ރާތިޢު
5 ނޮވެމްބަރު 2025 - 05:07
ޔުނެސްކޯގެ  މިނިސްޓީރިއަލް ޑައިލޮގުގައި ތަޢުލީމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ


ޔުނެސްކޯގެ 43 ވަނަ ޖެނެރަލް ކޮންފަރެންސްގެ "ޓްރާންސްފޯމިންގ ޓުމޯރޯ ޓުޑޭ: މިނިސްޓީރިއަލް ޑައިލޮގް އޮން ދަ ސްކިލްސް ނީޑްސް ފޯރ އަ ސަސްޓެއިނަބަލް ފިއުޗަރ" ގައި ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މި މިނިސްޓީރިއަލް ޑައިލޮގްގައި ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ޑިޖިޓަލް ބަދަލުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމާއި، އިޖްތިމާޢީ ގޮންޖެހުންތަކަށް ތައްޔާރުކުރެވޭނެ ފަދަ ގޮތަކަށް ތަޢުލީމީ ނިޒާމުތައް ބައްޓަންކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ތަޢުލީމާބެހޭ ވުޒާރާއިން މައުލޫމާތުދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ޞުލްޙަވެރި، އިންސާފުވެރި އަދި ދެމެހެއްޓެނިވި މުޖުތަމަޢެއް ބިނާކުރުމަށް ބޭނުންވާ ޢިލްމާއި ހުނަރުތަކާއި އަޚްލާޤީ ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމާއެކު، ކުރިއަރަމުން އަންނަ މަސައްކަތުގެ ދާއިރާތަކަށް ދަރިވަރުން ތަމްރީނުކުރުމުގެ މުހިންމު ކަމާގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާކަމަށްވެސް އެވުޒާރާއިން ބުނެއެވެ.

މީގެއިތުރުން، 2030 ވަނަ އަހަރުގެ ޑިވެލޮޕްމެންޓް އެޖެންޑާގެ ތެރޭގައި ހުނަރުތައް ކުރިއެރުވުމާއި، މިންތީގެ ހަމަހަމަކަން ކަށަވަރު ކުރުމާއި، ރެފިއުޖީ އަދި ޑިސްޕްލޭސްޑް ދަރިވަރުންގެ ހައްޤުތައް ހޯދައިދިނުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމާއެކު، ޝާމިލު ވެއްޓެއްގައި ލައިފް-ލޯންގް ލަރނިންގގެ ފުރުޞަތުތައް ފަހިކުރުން ހިމެނުމުގެ މަޝްވަރާތައްވެސް މި ޑައިލޮގުގައި ކުރިއަށް ގެންގޮސްފައިވާކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ބުނެއެވެ.

މި ޑައިލޮގަކީ ’ގްލޯބަލް ސްކިލް އެޖެންޑާ‘ ކުރިއަރުވާ، ސުލްޙަވެރި އަދި ދެމެހެއްޓެނިވި ކުރިމަގެއް ބިނާކުރުމަށްޓަކައި ކޮންމެ މީހަކަށް ވެސް ބޭނުންވާނެ ގާބިލިއްޔަތުތައް ހޯދޭނެ މަގުތައް ފަހިކުރުމަށްޓަކަައި ކުރިއަށްދާ މަޝްވަރާތަކެއް ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.

 

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2025 ވަނަ އަހަރުގެ އޯލެވެލް އިމްތިހާން ފަށައިފިޚަބަރު | މަހެއް ކުރިންދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބައެއްގެ ގޮތުގައި ބައްޓަން ކުރަންޖެހޭ: މިނިސްޓަރ ޚަބަރު | މަހެއް ކުރިންގްރޭޑު 1 އަށް ވަނުމަށް 4000 އަށްވުރެ ގިނަ ދަރިވަރުން ޚަބަރު | 2 މަސް ކުރިންދިރާސީ އަހަރު ނިމި ދަރިވަރުން ބޮޑު ޗުއްޓީއަށްޚަބަރު | 2 މަސް ކުރިން