ގްރޭޑު 1 އަށް ވަނުމަށް 4000 އަށްވުރެ ގިނަ ދަރިވަރުން
21 ޖެނުއަރީ 2026 - 07:41

ދިރާސީ އަހަރު ސަރުކާރު ސްކޫލްތަކުގެ ގްރޭޑު 1 ގައި ކިޔެވުމަށް 4000 އަށްވުރެ ގިނަ ދަރިވަރުން އެދިފައިވާކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާ އިން ބުނެފައިވާ ގޮތުގައި 4790 ދަރިވަރުން ވަނީ އެދިފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން ގްރޭޑު 1 އަށް 3042 ދަރިވަރުން ވަނުމަށް އެދިފައިވާ ކަމަށް ބުނެއެވެ.

Ad by Hajj Corporation
މީގެއިތުރުން މާލެ ސަރަޙައްދުގެ ސްކޫލްތަކުގައި ގްރޭޑު 1 އަށް ވަނުމަށް 1748 ދަރިވަރުން އެދިފައިވާ ކަމަށާއި މިއަހަރު އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް 1530 ދަރިވަރަކު ބަދަލުވުމަށް އެދިފައިވާކަމަށް ވެސް އެ ވުޒާރާ އިން ބުނެއެވެ. އަދި މާލެއިން ހުޅުމާލޭގެ ސްކޫލްތަކަށް ބަދަލުވުމަށް އެދިފައިވާ 836 ދަރިވަރު ންވެސް ބަދަލުކޮށްދެއްވާފައިވާކަމަށް ވަނީ ބުނެފައެވެ.
މާލެ ސަރަޙައްދުގެ ސްކޫލްތަކަށް އޮންނަ ޑިމާންޑު އިތުރުވަމުންދާތީ މާލެ ސަރަޙައްދުގައި އިތުރު ސްކޫލްތައް ހުޅުވުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ. އޭގެތެރޭގައި މިއަހަރުގެ ސްކޫލްގެ ކިޔެވުން ފެށޭއިރު އަލަށް ހުޅުވާ ޝަހީދު ޢަލީ ސްކޫލަށް ވަނުމަށް އެދި މިހަތަނަށް 1900 އެއްހާ ދަރިވަރުން ހުށައަޅާފައިވާކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކޮށްފައި ވެއެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެފައިވަނީ މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ތައްޔާރުވެފައިވާކަމަށާއި ސްކޫލްތައް ހުޅުވޭއިރު ޓީޗަރުންނާއި ފޮތްތައް ހަމަވާނެކަމަށެވެ.


