މިއަހަރުގެ އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށް ވަޒީރު ހިތްވަރު ދެއްވައިފި
20 ސެޕްޓެމްބަރު 2026 - 05:07

މިއަހަރުގެ އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ހިތްވަރުދެއްވައި، ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.
މި އަހަރުގެ އިމްތިޙާނުގައި ރާއްޖެއިން 8,000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި ޖުމްލަ 8,111 ދަރިވަރުން އަދި އެޗްއެސްސީ އިމްތިޙާނުގައި 7,776 ދަރިވަރުން ބައިވެރިވާނެކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފައިވެ އެވެ.

Ad by Hajj Corporation
މިމަހުގެ 20 އިން ފެށިގެން ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އިމްތިޙާނުތައް މާލެ ސަރަޙައްދުގެ 25 ސެންޓަރެއްގައި 3,222 ދަރިވަރުން އަދި ރަށްރަށުގެ 242 ސެންޓަރެއްގައި 2,869 ދަރިވަރުން ހަދާނެއެވެ. އާދިއްތަ ދުވަހު އެންމެ ފުރަތަމަ ހެދުމަށް ހަމަޖެހިފައިވަނީ އެޗްއެސްސީ އިމްތިޙާނުގެ ދިވެހި ޕޭޕަރެވެ.
މީޑިއާ އަށް މައުލޫމާތު ދެމުން ވަޒީރު ވިދާޅުވީ އިމްތިޙާނު ދުވަސްވަރު ކުދިން މާބޮޑަށް ސްޓްރެސްވެ ހާސްވާނެހެން ބާއރުއެޅުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ. އަދި ހުރިހާ ކުދިންވެސް ފަތިސް ނަމާދުން ދުވަސް ފަށައި، ރަނގަޅު ނަތީޖާއެއް ދެއްވުން އެދި މާތްﷲއަށް ގިނަގިނައިން ދުޢާކުރުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައި ގެންނެވި އެވެ.
މީގެ އިތުރުން ސަރުކާރުންވަނީ އޯލެވެލް ހަދާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާ (އިސްލާމް، ދިވެހި، އިނގިރޭސި، އަދި ހިސާބު) ގެ އިމްތިޙާނުގައި ފުރިހަމައަށް ބައިވެރިވުމާއެކު އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާގޮތަށް ހަމަޖައްސާފައެވެ. އަދި ކޮންމެ އަހަރެއްގެ ޖެނުއަރީ މަހު ކިޔެވުން ފަށައި އެއަހަރުގެ ޑިސެމްބަރު މަހަށް ބޮޑު ޗުއްޓީ ދިމާވާގޮތަށް މިއަހަރުން ފެށިގެން ދިރާސީ އަހަރުގެ ކަލަންޑަރު ވަނީ ބަދަލުކޮށްފައެވެ.


