އަންނަ ދިރާސީ އަހަރަށް އެލްކޭޖީ އަދި ގްރޭޑް 1 އަށް ވެއްދުމަށް ހުޅުވާލައިފި
24 ޖުލައި 2026 - 04:34

އަންނަ އަހަރުގެ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީ އަދި ގްރޭޑް އެކަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ތައުލީމާއި ބެހޭ ވުޒާރާއިން ހުޅުވާލައިފި އެވެ.
ތައުލީމީ ވުޒާރާއިންބުނީ،އަންނަ އަހަރުގެ ދިރާސީ އަހަރު ސަރުކާރު ސްކޫލަތަކަށް ކުދިން ވައްދަން ހުޅުވާލާފައިވާއިރު، ސަރުކާރު ސްކޫލްތަކުން ޖާގަ ހޯދުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމުގެ ލިންކް އެ ވުޒާރާގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލްތަކަށް އަލަށް ކުދިން ވައްދާނީ އޮންލައިން ފޯޯމް މެދުވެރިކޮށް ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފަ އެވެ.

Ad by Hajj Corporation
މިގޮތުން އިއްޔެއިން ފެށިގެން މި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއިރު، އެޕްލިކޭޝަން ހުށަހެޅުމުގެ ފަހު ދުވަހަކީ އޮގަަސްޓް 31 އެވެ.
އެ ވުޒާރާއިން ވަނީ ވީހާ ވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް އިލްތިމާސްކޮށްފަ އެވެ. ސުންގަޑި ހަމަވުމަށްފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަންނާނެ އެވެ.


