logo
MPL

MPL

ޚަބަރު

ޤައުމިއްޔަތު މާއްދާއަށް ބަދަލުތަކެއް، ކާބަފައިންގެ ރިވެތި އަޚުލާގު ދަރިވަރުންނަށް ދަސްކޮށްދެނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
9 ނޮވެމްބަރު 2026 - 19:41
ޤައުމިއްޔަތު މާއްދާއަށް ބަދަލުތަކެއް، ކާބަފައިންގެ ރިވެތި އަޚުލާގު ދަރިވަރުންނަށް ދަސްކޮށްދެނީ

 

އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގައި ކިޔަވައިދޭ ޤައުމިއްޔަތު މާއްދާއަށް ބައެއް ބަދަލުތައް ގެނެސް، ދަރިވަރުންގެ އަޚުލާގީ ބައި އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

ސަރުކާރުން ބޭއްވި "އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ އަހަރު ކަމަށްވާ 2024 އިން ފެށިގެން އެކި ކީ ސްޓޭޖްތަކަށް އަމާޒުކޮށްގެން ޤައުމިއްޔަތު މާއްދާ ތަޢާރަފްކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކީ ސްޓޭޖް 1 އަދި 2 އަށް މި މާއްދާ ތަޢާރަފްކުރި ނަމަވެސް، މިހާރު ކީ ސްޓޭޖް 3 އާ ހަމައަށް އެ ޕްރޮގްރާމް ފުޅާކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މާއްދާ ކިޔަވައިދިނުމުގައި ލިބެމުންދާ މަޢުލޫމާތާއި ތަޖުރިބާއަށް ބަލައި، އަންނަ އަހަރު މުހިންމު ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

 

މި އަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރިވެތި އާދަތަކާއި މުހިންމު ބަހާތައް ހިމަނައިގެން "ބިންގާ" ޕްރޮގްރާމެއް ފައްޓަވާފައިވާ ކަމަށެވެ. ސްކޫލްތަކުގައި މިހާރު ކުރިއަށްދާ މި ޕްރޮގްރާމްގެ ދަށުން ކޮންމެ މަހަކުވެސް ޚާއްޞަ ތީމެއް އެކުލަވާލައިގެން ހަރަކާތްތައް ހިންގަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

 

މި ޕްރޮގްރާމްގެ ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ހާމަކުރެއްވި ގޮތުގައި، 200 ސްކޫލެއްގައި 15،700 އަށްވުރެ ގިނަ ހަރަކާތް މިހާތަނަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި ހަރަކާތްތަކުގައި 100،000 އެއްހާ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

 

ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޤައުމިއްޔަތު މާއްދާގެ ތެރެއަށް ދިވެހި ކާބަފައިންގެ ވާހަކަތަކާއި، ޤައުމުގެ މުހިންމު ބަހާތަކުގެ އިތުރުން ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރިވެތި އަޚުލާގާއި ސުލޫކު ފުރިހަމައަށް އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

 

ޤައުމިއްޔަތު މާއްދާއަކީ ކުޑަކުދިންގެ ހިތްތަކުގައި ޤައުމަށާއި ދިވެހި ސަޤާފަތަށް ލޯބި ޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެގުމުގެ ދަށުން ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ޝުޢޫރު އާލާކޮށް، ދިވެހިވަންތަކަން އަށަގަނެފައިވާ، ޤައުމުދެކެ ލޯބިވާ އަދި ޤައުމާމެދު ވިސްނައި ފަޚުރުވެރިވާ ދަރިވަރުންތަކެއް ބިނާކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމިއްޔަތު މާއްދާއަށް ބަދަލުތަކެއް، ކާބަފައިންގެ ރިވެތި އަޚުލާގު ދަރިވަރުންނަށް ދަސްކޮށްދެނީޚަބަރު | 31 މިނިޓު ކުރިންމިއަހަރުގެ އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށް ވަޒީރު ހިތްވަރު ދެއްވައިފިޚަބަރު | 2 މަސް ކުރިން އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފަށައިފިޚަބަރު | 2 މަސް ކުރިންއަންނަ ދިރާސީ އަހަރަށް އެލްކޭޖީ އަދި ގްރޭޑް 1 އަށް ވެއްދުމަށް ހުޅުވާލައިފިޚަބަރު | 4 މަސް ކުރިން