logo
Bank of Maldives

Bank of Maldives

ޚަބަރު

ޗުއްޓީ އަށް ފަހު ކުދިން ސްކޫލަށް

އަޙުމަދު ރިޝާން
2 އޯގަސްޓު 2026 - 04:40
ޗުއްޓީ އަށް ފަހު ކުދިން ސްކޫލަށް

 ފުރަތަމަ ޓާމްގެ ޗުއްޓީ އަށް ފަހު، ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފަށައިފި އެވެ.

ކުދިން ސްކޫލަށް ކިޔަވަން މިއަދު ނިކުތީ 16 ދުވަހުގެ ޗުއްޓީއަކަށް ފަހު އެވެ. ފުރަތަމަ ޓާމް ނިންމާ ސްކޫލް ޗުއްޓީއަށް ބަންދުކުރީ މިދިޔަ މަހު 16 ވަނަ ދުވަހު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޓާމްގެ ކިޔެވުން ކުރިޔަށް ދާނީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ފަހު ދަރިވަރުންނަށް ބޮޑު ޗުއްޓީ އެއް ޖަނަވަރީ 16 އާ ހަމައަށް ލިބޭނެ އެވެ. މިއީ ގާތްގަނޑަކަށް އެއް މަސް ދުވަހުގެ ޗުއްޓީއެކެވެ.

މިއަހަރުގެ ދިރާސީ އަހަރުގައި ސަރުކާރުގެ 218އެއްހާ ސްކޫލުގައި 77000އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލްކުރެއެވެ. އަދި މިއަހަރު ގްރޭޑް 1އަށް ވަނުމަށްޓަކައި އަލަށް 4790 ދަރިވަރުންނަށް އެކި ސްކޫލްތަކުން ޖާގަދީފައިވެ އެވެ.

އޭގެ ތެރޭގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް 1748 ދަރިވަރުން ވައްދާފައިވެއެވެ. އަދި އަތޮޅުތެރޭގެ ސްކޫލްތަކުންވެސް ގްރޭޑް 1 އަށް 3042 ދަރިވަރަކަށް ވަނީ ޖާގަ ދީފައެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް މި އަހަރު 84,000 އަށް ވުރެ ގިނަ ކުދިން ކިޔަވަމުންދާއިރު، އެ ކުދިންނަށް ކިޔަވައިދިނުމުގައި 9,000 އަށް ވުރެ ގިނަ މުދައްރިސުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗުއްޓީ އަށް ފަހު ކުދިން ސްކޫލަށްޚަބަރު | ގަޑިއިރެއް ކުރިންސްކޫލުތަކުން އަދަބުވެރިކަން ފޮހެވިއްޖެ: ދަރިވަރުންގެ އަޚުލާގާމެދު ބޮޑެތި ކަންބޮޑުވުންތަކެއް!ރިޕޯޓް | 3 މަސް ކުރިންގްރޭޑު 1 އަށް ވަނުމަށް 4000 އަށްވުރެ ގިނަ ދަރިވަރުން ޚަބަރު | 6 މަސް ކުރިންޗުއްޓީއަށްފަހު ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށިއްޖެޚަބަރު | އަހަރެއް ކުރިން