logo
Bank of Maldives

Bank of Maldives

ޚަބަރު

ދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބައެއްގެ ގޮތުގައި ބައްޓަން ކުރަންޖެހޭ: މިނިސްޓަރ

މުޙައްމަދު އަފްރާޙް
27 ޖެނުއަރީ 2026 - 09:39
ދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބައެއްގެ ގޮތުގައި ބައްޓަން ކުރަންޖެހޭ: މިނިސްޓަރ

ދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބައެއްގެ ގޮތުގައި ބައްޓަން ކުރަންޖެހޭ ކަމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލު ޝަފީޢު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ޝަހީދު ޢަލީ ސްކޫލު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަ ވިދާޅުވީ ދަރިވަރުންނަށް ކިޔެވުމަށް މިނިވަންކަމެއް ދޭންޖެހޭ ކަމަށާއި އުނގެނުމަށް ޒިންމާދާރު ޖީލެއް ބިނާކުރެވިއްޖެނަމަ، މަސައްކަތުގެ މާހައުލުގައިވެސް އެކުދިންނަކީ ޒިންމާދާރު ބަޔަކަށްވާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން އަމިއްލަ ދިރުއުޅުމާމެދު ޒިންމާދާރު ބައެއްގެ ގޮތުގައި އެކުދިން ތަރުބިއްޔަތު ވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ އުފާވެރި ޚަބަރު ވެސް ދެއްވާފައެވެ. އެގޮތުން އެ ސްކޫލުގެ ކޮންސެޕްޓް ފައިނަލް ކުރެވި، މިހާރުވަނީ ޑިޒައިން މަރުޙަލާ ފެށިފައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާ ކުރުމަށް ވޭތުވެދިޔަ ދެ އަހަރު ތެރޭ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް ޑރ. އިސްމާއިލް ޝަފީއު ވިދާޅުވިއެވެ. ހާއްސަކޮށް މާލޭގެ ސްކޫލުތަކާއި އަތޮޅުތެރޭގެ ސްކޫލުތަކަށް ކުރިއެރުން ގެނެސްދިނުމުގައި އެއްވެސް ތަފާތު ކުރުމެއްނެތި މި ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މީގެކުރިން ސްކޫލްތަކަށް އަޅާނުލާ މިންވަރަކަށް މި ސަރުކާރުން ސްކޫލްތަކަށް އަޅާލާކަމަށާއި ސްކޫލުތައް މަރާމާތު ކުރުމާއި، ޢުމްރާނީ ގޮތުން ސްކޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ޝަހީދު ޢަލީ ސްކޫލުގައި މިއަހަރު 2100 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލްކުރާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އޭގެތެރެއިން %77 ދަރިވަރުންނަކީ އަތޮޅުތެރޭގެ ރަށްރަށަށް ނިސްބަތްވާ ދަރިވަރުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޑްމިނިސްޓްރޭޓިވް ކޮރަޕްޝަނަކުން މެނުވީ ފައިނޭންޝަލް ކޮރަޕްޝަނެއް ނުހިނގާނެ: ވަޒީރު ޚަބަރު | 3 ގަޑިއިރު ކުރިންވަތަނީ ޚިދުމަތް ނިންމައި ސިފައިންގެ ޚިދުމަތާ ގުޅުނު ދަރިވަރުންނަށް ރައީސް މަރުޙަބާ ދަންނަވައިފިޚަބަރު | 4 ގަޑިއިރު ކުރިންތައިލެންޑުގެ ޕްރިންސަސް އަވަހާރަވުމުގެ ހިތާމައިގާ ރައީސް ތައުޒިޔާ ފޮނުއްވައިފިޚަބަރު | 21 ގަޑިއިރު ކުރިންމަރުޙޫމް އަޙްމަދު މޫސާގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާޚަބަރު | ދުވަހެއް ކުރިން