logo
ސަފާރީއެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަނީBank of Maldives

Bank of Maldives

ޚަބަރު

ދިރާސީ އަހަރު ނިމި ދަރިވަރުން ބޮޑު ޗުއްޓީއަށް

ޢައްފާން މުޙައްމަދު
25 ޑިސެމްބަރު 2025 - 05:13
ދިރާސީ އަހަރު ނިމި ދަރިވަރުން ބޮޑު ޗުއްޓީއަށް

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފުރިހަމަކުރުމަށްފަހު ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންގެ ޗުއްޓީ ފެށިއްޖެއެވެ.

މިއަދު މާލެއާއި އަތޮޅުތަކުގެ ހުރިހާ ސްކޫލެއްގައިވެސް މި ދިރާސީ އަހަރުގެ ދެވަނަ ޓާރމްގެ ރިޕޯޓު ފޮތް ދިނުން ކުރިއަށް ގެންގޮސްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

2025 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށީ، މިއަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. މި ދިރާސީ އަހަރު ސަރުކާރުގެ 217 ސްކޫލެއްގައި 84000 އެއްހާ ދަރުވަރުން ކިޔެވިއެވެ. 

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މީގެ 4 އަހަރު ކުރިން ދިރާސީ އަހަރުގެ ކިޔެވުން ފެށީ، އަހަރުގެ މެދުތެރޭގައެވެ. އެއާއެކު ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބުނީ، އަހަރުގެ މެދު ތެރޭގައެވެ. އޭރު ދަރިވަރުންގެ ބޮޑު ޗުއްޓީ ދިމާވަނީ ޖޫން ޖުލައިގެ ގަދަ ވިއްސާރައިގެ ދުވަސްތަކާއެވެ.

އެކަމުގެ ކަންބޮޑުވުން ބެލެނިވެރިން ފާޅުކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފަށާ ޑިސެމްބަރު މަހަށް ބޮޑު ޗުއްޓީ ލިބޭ ގޮތަށް ހަމަޖައްސަވައިދެއްވާފައެވެ. އެއާއެކު މިއަހަރަކީ، 4 އަހަރަށްފަހު ދަރިވަރުންނަށް ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭ ފުރަތަމަ ފަހަރެވެ.

އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން އަންނަ ދިރާސީ އަހަރު ފެށޭނީ، ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ ޓާމުގެ މިޑް ބްރޭކް މެއި މަހުގެ 24 އިން 30 އަށް ލިބޭއިރު، ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ، ޖުލައި މަހުގެ 17 އިން އޯގަސްޓް މަހުގެ ފުރަތަމަ ދުވަހާއި ހަމައަށެވެ.

މީގެއިތުރުން ދެވަނަ ޓާމުގެ ކިޔެވުން އަންނަ އަހަރުގެ އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ފަށާއިރު، ދެވަނަ ޓާމުގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީ ލިބޭނީ، އަންނަ އަހަރުގެ ޑިސެމްބަރު 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާއި ހަމައަށެވެ. އަދި 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ، ޖެނުއަރީ 17 ވަނަ ދުވަހުއެވެ.

މިފަހަރުގެ ކަލަންޑަރުގައި ވަނީ، އަލަށް ދަރިވަރުން ސްކޫލަށް ވައްދާ ތާރީޚާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރެވޭނެ މުއްދަތުވެސް ހިމަނާފައެވެ. އެގޮތުން މެއިމަހުގެ 17 އިން ޖޫން 15 އާ ހަމައަށް މުއްދަތެއް ހިމަނާފައިވާއިރު، 18 އޮކްޓޫބަރުން 17 ނޮވެމްބަރާއި ދެމެދު އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލު ކުރުމުގެ ފުރުޞަތު ދިނުމަށްވެސް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން އަންނަ އަހަރު އަލަށް ސްކޫލަށް ކުދިން ވެއްދުމަށް ކަނޑައަޅާފައިވާ މުއްދަތަކީ، 12 ޖުލައިން 31 އޯގަސްޓާއި ހަމައަށެވެ.

ކުރިއަށް އޮތް ދިރާސީ އަހަރަށް ތައްޔާރުވުމަށްޓަކައި ތައުލީމީ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އައު އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.

ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ، އަންނަ މަހުގެ 10 ގެ ކުރިން ހުރިހާ ސްކޫލަކަށް ފޮތްތައް ފޮނުވާ ނިމޭނެކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން ވެސް ކުަރިއަށް އޮތް ދިރާސީ އައު އަހަރު ފެށެންވާއިރަށް، އެހެނިހެން ބައެއް ކަންތައްތައް ކުރުމަށް ވެސް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ.

އެގޮތުން، ސްކޫލްތަކުގެ ކިޔެވުން ފަށާއިރު ރާއްޖޭގެ ހުރިހާ ސްކޫލްއެއްގެ ކްލާސްރޫމްތައް އޭސީކޮށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު މަހިބަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ،  ވައުދުފުޅާ އެއްގޮތަށް،ސްކޫލު ކުދިންގެ ކިޔެވުމުގެ މާހައުލު ރަނގަޅު ކޮށްދިނުމަށްޓަކައި ކުލާސް ތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫއުގެ ދަށުން، އަންނަ ދިރާސީ އަހަރު ރާއްޖޭގެ ސްކޫލްތަކުގައި ތައުލީމު ހާސިލްކުރާ ހުރިހާ ދަރިވަރުން ވަންނާނީ އޭސީ ކޮށްފައި ހުރި ކްލާސްރޫމްތަކަށް ކަމަށެވެ.

މީގެ އިތުރުން ސްކޫލްތައް އާބާތުރަ ފިލުވުމުގެ މަސައްކަތަކީވެސް ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ސަރުކާރުން ކުރާ މުހިންމު މަސައްކަތެކެވެ. އެ މަސައްކަތަށް އެކަނިވެސް 40 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.

އަހަރުތަކަކަށް ފަހު އަންނަ އަހަރަކީ އިހު އޮތްގޮތަށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާ އަހަރެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިރާސީ އަހަރު ނިމި ދަރިވަރުން ބޮޑު ޗުއްޓީއަށްޚަބަރު | 3 ގަޑިއިރު ކުރިން40 އަށްވުރެ ގިނަ ސްކޫލަށް ފޮތްތައް ފޮނުވައިފި، ޖެނުއަރީ 10 ގެ ކުރިން ހުރިހާ ސްކޫލަކަށް ފޮނުވާ ނިމޭނެޚަބަރު | 2 ދުވަސް ކުރިންއަންނަ އަހަރުން ފެށިގެން ދަރިވަރުންނަށް ކްލާހުގައި ފޯނު ބޭނުން ނުކުރެވޭނެ!ޚަބަރު | 4 ދުވަސް ކުރިންކުލާސްރޫމްތައް އޭސީ ކުރަން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރާނެ ބަޔަކު ސްކޫލުތަކުން ހޯދަނީޚަބަރު | 8 ދުވަސް ކުރިން