logo
MPL

MPL

ޚަބަރު

ހައިދަރުގެ ޖަވާބުތަކާމެދު ހިތްހަމަނުޖެހި މަޖިލިސް ޖަލްސާ ހުއްޓުވާލައިފި

މެންދުރު ޓީމް
12 އޯގަސްޓު 2024 - 07:05
 ހައިދަރުގެ ޖަވާބުތަކާމެދު ހިތްހަމަނުޖެހި މަޖިލިސް ޖަލްސާ ހުއްޓުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ދެއްވި ޖަވާބުތަކާމެދު ހިތްހަމަނުޖެހިގެން އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ޖަލްސާ ހުއްޓުވާލައިފިއެވެ.

މާލޭގެ ރައްޔިތުންނަށް ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި ގޯތިތަކުގެ މައްސަލައިގައި މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކުރެވުނެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުން ލަސްވާ މައްސަލައިގައި އެކަށީގެންވާ ޖަވާބު ނުލިބޭ ކަމަށް ބުނެ، އެމްޑީޕީ މެންބަރުން މިނިސްޓަރުގެ ޖަވާބުތަކާމެދު ނުރުހުން ފާޅުކުރަމުން ގެންދިޔައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބައެއް ސުވާލުތަކަށް މިއަދު ތައްޔާރުވެފައި ނެތް ކަމަށާއި ފަހުން މަޢުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވުމުން، އެކަށީގެންވާ ޖަވާބެއް ނުދެއްވާ ކަމަށް ބުނެ ބައެއް މެމްބަރުން ނިޒާމީ ނުކުތާ ނެންގެވިއެވެ. ނަމަވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެއީ ނިޒާމީ ނުކުތާއެއް ނޫން ކަމަށް ކަނޑައެޅުއްވުމާ ގުޅިގެން، އެމްޑީޕީގެ ބައެއް މެންބަރުން އަޑުގަދަކޮށް އިހުތިޖާޖު ކުރިއެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު އަޑުގަދަކޮށް ނުރުހުން ފާޅުކުރެއްވުމުން، އޭނާގެ ނަން އިއްވައި ތަޅުމުން ނުކުތުމަށް މަޖިލީހުގެ ރައީސް އެންގެވިއެވެ. ނަމަވެސް އެ އެންގެވުމަށް ތަބާނުވެ، އޭނާ މަޖިލިސް ރައީސްގެ މޭޒު ކައިރީގައި އަޑުގަދަކޮށް އިހުތިޖާޖުކުރިއެވެ. މެންބަރު ޒިޔާދުގެ މި ޢަމަލާ އެމްޑީޕީގެ އެހެން މެންބަރުންވެސް ގުޅިވަޑައިގަތެވެ. މިކަމުގައި ބައިވެރިވި އެމްޑީޕީގެ އެހެން މެމްބަރުންވެސް ވަނީ ތަޅުމުން ބޭރުކުރެވިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެ މަޝްރޫއާ ގުޅުވައި ކިތަންމެ ދޮގެއް ފެތުރިޔަސް ރައްޔިތުން ނުހެއްލޭނެ: ފަލާހުޚަބަރު | 5 ދުވަސް ކުރިންގާނޫނާ ހިލާފަށް ހޯދާފައިވާ ހުރިހާ މުދަލެއް ދައުލަތަށް ނަގަންޖެހޭނެ: މެމްބަރު އިބްރާހީމް ދީދީޚަބަރު | 5 ދުވަސް ކުރިންނޯވޭގެ ރަސްގެފާނު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | މަހެއް ކުރިންއެޗްއާރުސީއެމްގެ މެންބަރުކަމަށް ޝަމްއޫން އައްޔަން ކުރަން ފާސްކޮށްފިޚަބަރު | 2 މަސް ކުރިން