logo
Bank of Maldives

Bank of Maldives

ޚަބަރު

ގޯތި ދޫކުރުމުގައި އިންސާފު ގެއްލިފައިވާތީ ކަންބޮޑުވެއްޖެ

މެންދުރު ޓީމް
12 އޯގަސްޓު 2024 - 09:10
ގޯތި ދޫކުރުމުގައި އިންސާފު ގެއްލިފައިވާތީ ކަންބޮޑުވެއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލެ، ގުޅީފަޅު އަދި އުތުރު ތިލަފަޅުން ގޯތި ދޫކޮށްފައި ވަނީ އިންސާފުން ނޫން ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީއަށް ނިސްބަތްވާ ތޯރިގު ވިދާޅުވީ، ކުރީ ސަރުކާރުން އިންތިހާބާއި ދިމާކޮށް ކަނޑުންނާއި ފަޅުން ބިންދޫކުރުމަށްފަހު، އެތަންތަން ހަވާލުކުރުން ލަސްވެގެން އެވާހަކަދައްކަން ލަދުގަންނަންޖެހޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ނިކަމެތިވެ، ބޯހިޔާވަހިކަމެއް ނެތް ރައްޔިތުންގެ ބަޔަކަށް ދޫކުރި ގޯތިތަކުގައި މިހާރު ހުރީ ޖިފުޑިގަނޑެއްހެން ކެފޭތައް ހަދައިފަ," ތޯރިގު ވިދާޅުވިއެވެ. އަދި ހުޅުމާލޭގެ މުޅި މާސްޓަ ޕްލޭން ބަދަލުކޮށް، އަގު ބޮޑު އެތައް ބިމެއް އެގޮތަށް ހިލޭ ދޫކޮށްލުމުން އެތައް ގެއްލުމެއް ލިބިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ހުޅުމާލޭގެ މާސްޓަ ޕްލޭން ހަދަމުން ދިޔަ ނުވަތަ އޭގެ ތެރޭގައި ތިބި ރަނގަޅަށް ވިސްނުން ހުރި މީހުން ހިނގައްޖެ އިސްތިއުފާ ދީފައި. ދެން މި ބުނަނީ ކޮން އިރަކުންހޭ ގުޅިފަޅުން ގޯތި ދެނީ؟ އަޅެ އެ ތަން ހިއްކާ ނިމުނީމަ ނޫންތަ ގޯތި ދެވޭނީ." ތޯރިގު އިތުރަށް ވިދާޅުވިއެވެ.

މި ބަހުސް ކުރިއަށްދަނީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ އިތުރަށް ބޮޑުވަމުންދާ ދަނޑިވަޅެއްގައެވެ. ކުރީގެ ސަރުކާރުގެ ގޯތި ދޫކުރުމުގެ ސިޔާސަތުތަކާމެދު ސުވާލު އުފެދިފައިވާއިރު، މިހާރުގެ ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް އަޅާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ގިނަ ފަރާތްތަކުން ދަނީ އިންތިޒާރު ކުރަމުންދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެންޝަނަށްވުރެ ބޮޑު އާމްދަނީ ލިބޭ މީހުންނަށް ޕެންޝަން ނުލިބޭ އިސްލާހު ފާސްކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ ދައުރު އިތުރުކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންކޯރަމް ހަމަނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވުނު!ޚަބަރު | ދުވަހެއް ކުރިންލާމަރުކަޒީ ޤާނޫނަށް ގެންނަ އިޞްލާޙުތަކަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިޚަބަރު | ދުވަހެއް ކުރިން