logo
Bank of Maldives

Bank of Maldives

ދުނިޔެ

ޓްރަމްޕުގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބުގެ ނައިބަކަށް ޕްރޯ އިސްރާއީލީ މޯގަން

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
4 ޖެނުއަރީ 2025 - 07:43
ޓްރަމްޕުގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބުގެ ނައިބަކަށް ޕްރޯ އިސްރާއީލީ މޯގަން

އެމެރިކާގެ އިންތިޚާބީ ރައީސް، ޑޮނަލްޑް ޓްރަމްޕުގެ ފަރާތުން މެދު އިރުމައްޗަށް ކަނޑައަޅާ ޚާއްސަ މަންދޫބުގެ ނައިބަށް، މޯގަން އޯޓަގަސް ހަމަޖައްސައިފިއެވެ.

އެމެރިކާގެ ޕްރޯ އިސްރާއީލް ލޮބީގައި ހިމެނޭ މޯގަން، އެ މަގާމަށް ހަމަޖެއްސީ މިއަދުއެވެ. އެގޮތުން އެ މަގާމަށް އައްޔަނުކުރެވުމުން މޯގަން ވަނީ ، އެކަމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެ މަގާމުގައި ހުރެ، ފުރިހަމަ ޑިޕްލޮމެޓިކް ދައުރެއް އަދާކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ވެސް މޯގަން ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯގަން އެ މަގާމުގައި މަސައްކަތްކުރައްވަން ޖެހިވަޑައިގަންނަވާނީ އެމެރިކާގެ ބިލިއަނަރު އަދި ރިއަލް އެސްޓޭޓްގެ ވިޔަފާރީގައި ހަރަކާތްތެރިވާ ސްޓެވެން ވިޓްކޮފްގެ ދަށުންނެވެ. އޭނާ އެ މަގާމަށް އައްޔަނުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ޓްރަމްޕުގެ ފުރަތަމަ ވެރިކަމުގައި ވެސް ސްޓޭޓް ޑިޕާޓްމެންޓުގެ ތަރުޖަމާނުގެ މަގާމް ފުރުއްވި މޯގަން އަކީ އިސްރާއީލް، ބަހްރެއިން އަދި އެކުވެރި އަރަބި އިމާރަތާއި އެމެރިކާ އާ އޮންނަ ގުޅުން އާންމުކުރުމުގެ ކަންކަން ބަލަހައްޓަމުން ދިޔަ "އަބްރަމް އެކޯޑްސް ޓީމު"ގައި ވެސް ހިމެނުނު ބޭފުޅެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި "އަހަރެމެން މޮޅުވެއްޖެ": ޓްރަމްޕްދުނިޔެ | 9 ގަޑިއިރު ކުރިންއެފްބީއައިގެ އިންޒާރު: ކެލިފޯނިއާ އަށް އީރާނުން ހަމަލާދީފާނެދުނިޔެ | 9 ގަޑިއިރު ކުރިންއީރާނުގެ ސިފައިން ބޭނުންކުރާ ބަނދަރުތަކުން އާންމުން ވަގުތުން ދިއުމަށް އެމެރިކާއިން އިންޒާރު ދީފިދުނިޔެ | 18 ގަޑިއިރު ކުރިން އެމެރިކާއިން ދެކުނު ކޮރެއާގައި ގާއިމުކޮށްފައިވާ ވައިގެ ދިފާއީ ނިޒާމުތައް މެދުއިރުމައްޗަށް ބަދަލުކޮށްފިދުނިޔެ | ދުވަހެއް ކުރިން