logoEN
ޚަބަރު

ވައިޑް ބޮޑީގެ އިތުރު ފްލައިޓެއް މި އަހަރު ގެނެވޭނެ: ރައީސް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

06 ޖެނުއަރީ 2025 - 13:09

ޤައުމީ އެއާރލައިން، މޯލްޑިވިއަން އަށް ގެނެވޭ ވައިޑް ބޮޑީގެ އިތުރު ފްލައިޓެއް މިއަހަރުގެ އޮކްޓޫބަރު ގެނެސް އުދުހުމުގެ ތައްޔާރީތައް ނިމޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޤައުމީ އެއާރލައިން އަށް ވައިޑް ބޮޑީ އެއާރކްރާފްޓް ގެނައުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަނަށް 2 ވައިޑް ބޮޑީ މަތިންދާބޯޓު އިތުރުކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއެކު ސަރުކާރުން އެ މަސައްކަތް ފެއްޓެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާއި އެއްގޮތަށް ޤައުމީ އެއަރލައިންގެ ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު މިއަދު މިވަނީ އިފްތިތާޙުކޮށްފައެވެ.މި ބޯޓު ވެލާނާ އެއާޕޯޓުގައި ޖައްސާފައިވަނީ މިއަދު ހަވީރު 5:00 ޖެހިއިރުއެވެ. މި ބޯޓު ވެލާނާ އެއާޕޯޓަށް ޖެއްސުމުގެ ކުރިން ރަންވޭ މަތިން ލޯ ޕާސް ދަތުރެއް ވަނީ ކޮށްފައެވެ. މި ބޯޓުގެ ލޯ ޕާސް ދަތުރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސެއިން މުޙައްމަދު ލަތީފް އަދި ސަރުކާރާއި މޯލްޑިވިއަންގެ އިސްވެރިން ވަނީ ބައްލަވާލައްވާފައެވެ.

މިކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ ފުރަތަމަ ޗައިނާގެ 3 މަންޒިލަކަށް ދަތުރުތައް ފެށުނުކަމަށްވީ ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށިގެންދާނޭ ކަމަށެވެ. އަދި މި އަހަރަކީ ރާއްޖޭގެ ތަރައްޤީގެ ކަންކަން ބާރު ސްޕީޑުގައި ކުރިއަރައިގެންދާނެ އަހަރެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ވައިޑް ބޮޑީ މަތިންދާބޯޓު އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައިވަނީ ބޯޓަށް ޚާއްސަ "ވޯޓަރ ސެލިއުޓް" އެއް އަރުވާފައެވެ. އަދި ހަމަ އެގަޑީގައި މާލޭ ސަރަހައްދުގައި ވަނީ އުފާފާޅުކުރުމުގެ ގޮތުން އެއާ ޝޯއެއް ބާއްވާފައެވެ.

ކޮމެންޓް

871x217_placeholder