logo
Bank of Maldives

Bank of Maldives

ޚަބަރު

އުމްރާގެ އުސޫލާ ހިލާފުވި އެހެން ކުންފުނިތަކަށް އަންނަ ހަފްތާގައި ފިޔަވަޅުއަޅަނީ

އާމިނަތު ޝަފާ
10 ޖެނުއަރީ 2025 - 04:10
 އުމްރާވެރިންތަކެއް
އުމްރާވެރިންތަކެއް

އުމްރާއަށް މީހުން ގެންދިއުމާ ބެހޭގޮތުން އެކުލަވާލާފައިވާ އުސޫލާ ހިލާފަށް އަމަލުކޮށްފައިވާ ބައެއް އެހެން ކުންފުނިތަކަށް އަންނަ ހަފްތާގައި ފިޔަވަޅު އަޅާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން 9 އޮކްޓޫބަރު 2024 ގައި ގެޒެޓްކޮށްފައިވާ އުޞޫލާ އެއްގޮތައް ޢަމަލުކޮށްފައިނުވާ ބައެއް އެހެން ކުންފުނިތައް ވެސް ފާހަގަވެފައިވާތީވެ، އަމަލު ނުކޮށް ދޫކޮށްލި ކަމުގެ ކުޑަބޮޑު މިނަށް ބަލައި އަންނަ ހަފްތާގައި އުޞޫލުގައި ބުނާގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު މިފަދައިން ވިދާޅުވި އިރު އަލްހިޖްރަ ޓްރެވަލްސް އެންޑް ޓުއާސް ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ހާލުގައިޖެއްސި މައްސަލައާ ގުޅިގެން އެ ގުރޫޕު ޖޫރިމަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ހޮނިހިރު ދުވަހު މާލެ އަންނާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އުމްރާވެރިން ޖިއްދާ އެއާޕޯޓުން ފުރާނީ ހުކުރު ދުވަހުގެ އިރު އޮއްސި 7:30 ގައި ކަމަށާއި ދޯހާގައި 3 ގަޑިއިރުގެ ޓްރާންސިޓަކަށްފަހު ހޮނިހިރުދުވަހުގެ ހެނދުނު 8:10 ގައި މާލެ އާދެވޭނެކަމަށް ޝަކީލް ވިދާޅުވިއެވެ.

މީގެ އިތުރުން މަޝްއަރު ޓުއަރސްގެ ޗެކެއް ބައުންސްވި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފުލުހުން ވަނީ ހުށަހަޅައިފައެވެ.

މީގެ ކުރިން 2023 ވަނަ އަހަރުވެސް އެ ގްރޫޕުން އުމްރާއަށް ގެންދިޔަ އުމްރާވެރިންގެ ޓިކެޓް ފައިސާގެ ޗެކް ބައުންސްވުމުން، ގުރޫޕުގެ ހުއްދަ މިނިސްްޓްރީން ބާތިލް ކުރަން ޖެހުނެވެ. މިފަހަރު މަޝްއަރު ގްރޫޕުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހެޅީ އުސޫލުން ބޭރުން މީހުން އަތުން ފައިސާ ނަގައި އެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން އެ ގްރޫޕުގެ މައްސަލަ ފުލުހަށް ހުށަހެޅުމުންނެވެ.

މިފަހަރު މީހުން އުމްރާއަށް ގެންދިޔައީ 33 ކުންފުނިންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލް އިސްލާމިކްގެ ހައްޖު ޕްރޮމޯޝަނުން ހައްޖައް ދިއުމުގެ ފުރުސަތު ލިބޭ 10 ނަސީބުވެރިން ހޮވައިފިވިޔަފާރި | 4 ދުވަސް ކުރިން"ޠުރޫޤުލް ޙުކްމިއްޔާތު ފިއް-ސިޔާސަތިއްޝަރްޢިއްޔާ" ފޮތުގެ ދިވެހި ތަރުޖަމާ ނެރެފިޚަބަރު | 4 ދުވަސް ކުރިންރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ ސެޕްޓެމްބަރުގައި އަޅަނީޚަބަރު | 10 ދުވަސް ކުރިން "ޒަކާތް އަސްނާފު ކާޑު" އިފްތިތާޙުކޮށްފިޚަބަރު | 12 ދުވަސް ކުރިން