logo
MPL

MPL

ކުޅިވަރު

އަމަދު ޑިއާލޯ މެންޗެސްޓަރ ޔުނައިޓެޑުގައި އިތުރު 5 އަހަރު މަޑުކުރަން އެއްބަސްވެއްޖެ

އަބްދުﷲ ޣާނިމް
10 ޖެނުއަރީ 2025 - 06:58
އަމަދު ޑިއާލޯ ފާހަގަވަނީ މި ސީޡަނުގެ ޔުނައިޓެޑުގެ އެންމެ މޮޅުއެއް ކުޚުންތެރިޔާގެ ގޮތުގައި. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެދް
އަމަދު ޑިއާލޯ ފާހަގަވަނީ މި ސީޡަނުގެ ޔުނައިޓެޑުގެ އެންމެ މޮޅުއެއް ކުޚުންތެރިޔާގެ ގޮތުގައި. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެދް

މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިއެއްކަމުގައިވާ އަމަދު ޑިއާލޯ އާ އެއްބަސްވުމެއްގައި ސޮއިކޮށް، 2030 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް އެ ކްލަބުގައި ދެމިހުންނާނެކަން ކަށަވަރުކޮށްފިއެވެ. އުމުރުން 22 އަހަރުގެ މިކުޅުންތެރިޔާގެ އެންމެފަހުގެ އެއްބަސްވުން އަންނަ ޖުލައި މަހަށް ހަމަވާއިރު، މި ސީޒަނުގައި އޭނާ ދައްކާފައިވާ ކުޅުމާއި ގުޅިގެން އޭނާގެ ކޮންޓްރެކްޓް އައުކުރުމަށް ޔުނައިޓެޑުން ވަނީ ނިންމާފައެވެ.



2021 ވަނަ އަހަރު އެޓަލާންޓާއިން ޔުނައިޓެޑަށް ބަދަލުވުމަށްފަހު ފުރަތަމަ ދުވަސްތަކުގައި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، މިހާރު ޑިއާލޯ ވަނީ ޓީމުގެ މުހިންމު ބައެއްގެ ގޮތުގައި ހިމެނިފައެވެ. "އަހަރެންގެ އަމާޒަކީ ޓީމަށް އެހީތެރިވެ، އަޅުގަނޑުމެންގެ ސަޕޯޓަރުން އަނެއްކާވެސް ފަޚުރުވެރިކުރުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން،" ޑިއާލޯ ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation



މިސީޒަނުގައި މިހާތަނަށް އަމަދުވަނީ 6 ލަނޑު ޖަހައި 7 އެސިސްޓް ހަދާފައެވެ. ޕްރިމިއަރ ލީގުގައި މި ސީޒަނުގެ އެންމެ ގިނަ ޑްރިބްލް (28) ފުރިހަމަކޮށްފައިވަނީވެސް ޑިއާލޯއެވެ. އަދި ބްރޫނޯ ފަރނާންޑަސް ފިޔަވައި އެންމެ ގިނަ ފުރުޞަތުތައް ހޯދައިދީފައިވަނީވެސް ޑިއާލޯއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމަށް ޕޮޗެޓީނޯކުޅިވަރު | 2 ދުވަސް ކުރިންމެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން ކެރިކް ވަކިކުރަނީކުޅިވަރު | 5 ދުވަސް ކުރިންޔުނައިޓެޑް ބޮކި ޖަހާފައި އަޑިއަށް، ރެލިގޭޓްވުން ހުއްޓުވޭނެ މަގެއް އަދި ނުފެނޭކުޅިވަރު | 6 ދުވަސް ކުރިންރެއާލް މެޑްރިޑުން މެސީ ލައިޓް 2.0 ގެ ސޮއެ ހޯދުމާއި ގާތަށް، ޔުނައިޓެޑް ހަނގުރާމައަކަށް ނިކުންނަނީކުޅިވަރު | 10 ދުވަސް ކުރިން