logo
Bank of Maldives

Bank of Maldives

ޚަބަރު

އީފާސް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވެއްދޭ ގޮތް ހަދަނީ

އަޙްމަދު ޒަލީފް
10 ޖެނުއަރީ 2025 - 09:47
އީފާސް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވެއްދޭ ގޮތް ހަދަނީ

މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ކުރިން އީފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް މީހުން ވެއްދޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މިކަމާ ގުޅިގެން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ބައެއް މީޑިއާތަކަށް ވިދާޅުވީ އީފާސް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވައްދާ ގޮތަށް އުސޫލު ބަދަލު ކުރުމަކީ ހައްލަކަށް ވާނެ ކަމަށާއި އޭނަ ވިދާޅުވީ މެންބަރޝިޕް ފޯމުތަކަށް އެތައް ފީޗާއެއް އިތުރުކުރި ނަމަވެސް ވަގު ފޯމް ހުށަހެޅުން ނުހުއްޓޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންވެ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އީފާސް މެދުވެރިކޮށް ޕާޓީއަށް ވައްދާ ގޮތަށް އުސޫލުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އީސީން ބުނެފައިވަނީ ވަގު ފޯމް ހުށަހަޅައިގެން 300 އެއްހާ ޝަކުވާ މި ފަހުން ލިބިފައިވާ ކަމަށެވެ. ބައެއް ޕާޓީތަކުން ވަނީ މިފަދަ މައްސަލަތައް ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.

އީސީން މި ބަދަލު ގެންނަން ނިންމީ މީސްމީހުންގެ ޒާތީ މައުލޫމާތާއި، ވަގަށް ފިންގަޕްރިންޓް ފޯޖްކޮށް ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިޚަބަރު | 4 ދުވަސް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ގުނަން ފަށައިފިޚަބަރު | 4 ދުވަސް ކުރިންއައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: 62 އިންސައްތަ މީހުން ވޯޓުލައިފިޚަބަރު | 4 ދުވަސް ކުރިންބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ އަމާންކަމާއެކު: އީސީޚަބަރު | 4 ދުވަސް ކުރިން