logo
Bank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާއަށް ގްރީންލޭންޑް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ސުދާ ލަތީފް
26 ޖެނުއަރީ 2025 - 10:02
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ގްރީންލޭންޑްގެ ކޮންޓްރޯލް އެމެރިކާއަށް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު އެއާރފޯސް ވަން ގައި ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ގްރީންލޭންޑް ލިބެންޖެހޭކަމަށް ގަބޫލުކުރައްވާކަމަށާއި، އެ ރަށުގެ 57،000 މީހުން ބޭނުންވަނީ އެމެރިކާ މީހުންނާއެކު ތިބެންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ހަފުތާގައި ޑެންމާކުގެ ރައީސް އާއި ދެމެދު ފޯނުން ދެކެވުނު ހޫނު ވާހަކަތަކަށް ފަހު ގްރީންލޭންޑް ވިއްކާލަން ނުޖެހޭ ކަމަށް ޑެންމާކުގެ ބޮޑުވަޒީރު މެޓް ފްރެޑްރިކްސަން ވިދާޅުވެފައިވަނިކޮށެވެ.

ޓްރަމްޕް ވަނީ 2019 ވަނަ އަހަރު އޭނާގެ ވެރިކަމުގެ ފުރަތަމަ ދައުރުގައިވެސް ގްރީންލޭންޑް ހިމެނޭ އާކްޓިކްގެ ބޮޑު ސަރަހައްދު ގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އަދި ގްރީންލޭންޑްގެ މައްޗަށް އެމެރިކާގެ ކޮންޓްރޯލް އޮތުމަކީ ބައިނަލްއަގްވާމީ ސަލާމަތަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމަށް ވެސް އޭނާވަނީ ކުރިން ވިދާޅުވެފައެވެ.

ޓްރަމްޕް މިމޭރުމުން ވަރަށް ޔަގީން ކަމާއެކު ވާހަކަފުޅު ދެއްކެވި ނަމަވެސް ގްރީންލޭންޑާއި ޑެންމާކުގެ ބޮޑުވަޒީރު ވެސް މީގެ ކުރިން ވިދާޅުވެފައި ވަނީ އެ ރަށް ދޫނުކުރާނެ ކަމަށެވެ.

އަދި އެ ސަރަހައްދުގެ ބިން ބޭނުން ކުރުމަކީ ގްރީންލޭންޑްގެ އަމިއްލަ ކަމެއް ކަމަށާއި، ނަމަވެސް ދިފާއީ އަދި މައިނިންގެ ދާއިރާއިން އެމެރިކާއާ އެކު އިތުރަށް ގާތުން މަސައްކަތް ކުރަން ޝައުގުވެރިވާ ކަމަށް ގްރީންލޭންޑްގެ ބޮޑުވަޒީރު މުޓޭ އެގެޑޭ ވަނީ ވިދާޅުވެފައެވެ.

ގްރީންލޭންޑަކީ ގްރީންލޭންޑްގެ ރައްޔިތުންނަށް ނިސްބަތްވާ ތަނެއް ކަމަށާއި އެ ގައުމުގެ މުސްތަގުބަލު ކަނޑައަޅާނެ ހަމައެކަނި ބަޔަކީ އެގައުމުގެ ރައްޔިތުން ކަމަށް މި މަހުގެ ކުރީކޮޅު ޑެންމާކުގެ ބޮޑުވަޒީރު ފްރެޑްރިކްސަންވެސް ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕްގެ ސުލްހައިގެ ބޯޑު ރަސްމީކޮށް އިފްތިތާހުކޮށްފި!ދުނިޔެ | 20 ދުވަސް ކުރިންވިސާ މަނާކުރި ލިސްޓުގައި ވޯލްޑް ކަޕް ބަލަން އަންނަ މީހުން ނުހިމެނޭނެކުޅިވަރު | މަހެއް ކުރިންވެނަޒުއޭލާގެ ތެލުގެ ބޮޑު ރިޒަރވް އެމެރިކާގެ ބާރުގެ ދަށަށް ގެންނަނީދުނިޔެ | މަހެއް ކުރިން''ސުލްޙައިގެ ރައީސް'' ޓްރަމްޕް، ނިމުނު އަހަރު ކިތައް ޤައުމަށް ބޮން އެޅި؟ދުނިޔެ | މަހެއް ކުރިން