logo
Bank of Maldives

Bank of Maldives

ވިޔަފާރި

ލިބޭ ޕޯސްޓަރުގައި ދައްކަނީ ކޯއްޗެއް ލިބޭ ވާހަކަ؟

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
9 ސެޕްޓެމްބަރު 2024 - 05:02
ލިބޭ ޕޯސްޓަރުގައި ދައްކަނީ ކޯއްޗެއް ލިބޭ ވާހަކަ؟

ފާއިތުވި ހަފްތާގައި މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި "ލިބޭ" ޕޯސްޓަރުތަކެއް ފެންނަން ހުރުމުން އާންމުންގެ މެދުގައި ސުވާލު އުފެދުނެވެ. ގިނަ ބަޔަކު އުފެއްދި މައިގަނޑު ސުވާލަކީ "ލިބެނީ ކޯއްޗެއްތޯ؟" މި ސުވާލެވެ.

މި ސުވާލުގެ ޖަވާބެއްގެގޮތުން އުރީދޫއިންވަނީ ރާއްޖޭގެ 60 އިންސައްތައަށް އުރީދޫގެ ސުޕަރ ފާސްޓް، 5G އިންޓަނެޓް މިހާރު ލިބޭ ވާހަކަ ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަން ހާމަކުރީ އުރީދޫ މޯލްޑިވްސް އިން އިއްޔެ ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއަކުންނެވެ.

2022ގައި ފުރަތަމަ ފަހަރަށް މުޅި މާލެއަށް އެކަނި ދޫކޮށްލި 5G ސްޕީޑްގެ އިންޓަނެޓް ރާއްޖޭގެ 60 އިންސައްތައަށް މިހާރު ލިބޭނެކަން ފުރަތަމަ އުރީދޫއިން ހާމަކުރީ މިދިޔަ މަހު ފާހަގަކުރި އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަހުގައެވެ.

އުރީދޫއިން ހާމަކުރި ގޮތުގައި، 5G ޚިދުމަތް ރާއްޖޭގެ ފަސްދޮޅަސް އިންސައްތަ އަށް ލިބޭނެ އަދި މީގެ އިތުރުން ފޭސް 3 ގައި 100% ކަވަރޭޖް ހާސިލްކުރެވޭނެ އެވެ.

ޑިޖިޓަލް އިނޮވޭޝަންގެ ލީޑަރެއްގެ ހައިސިއްޔަތުން، ހަލުވި ސްޕީޑާއި، ލެޓެންސީ ދަށްވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ރަނގަޅު 5ޖީ ނެޓްވޯކެއްގެ އެކްސްޕީރިއަންސެއް ލިބިގެންދާނެކަން ވެސް އުރީދޫއިން ފާހަގަކޮށްފައިވެއެވެ.

މިއާއެކު އުރީދޫ ވެގެންގޮސްފައިމިވަނީ ރާއްޖޭގައި 5G ހިދުމަތްދޭ އެންމެ ބޮޑު ނެޓްވޯކު ކަމުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުރީދޫ ނޭޝަންގެ "އެޓޯލް އީ-ސްޕޯޓްސް ލީގު 2025" ގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިކުޅިވަރު | 3 މަސް ކުރިންރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2025 ފަށައިފިޚަބަރު | 6 މަސް ކުރިންހިއްސާއަކަށް 3.43 ރުފިޔާ ދޭން ހުށަހަޅުމަށް އުރީދޫގެ ބޯޑުން ފާސްކޮށްފިވިޔަފާރި | 7 މަސް ކުރިން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫވިޔަފާރި | 8 މަސް ކުރިން