logoEN
ޚަބަރު

ސްމާރޓް އާބަން ފާރމިންގެ ވަޞީލަތްތައް ރާއްޖެއަށް ތަޢާރަފްކުރަނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

03 ފެބްރުއަރީ 2025 - 11:35

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ރާއްޖެއަށް ދީފައިވާ 21.95 މިލިޔަން ޑޮލަރުގެ އެހީގެ ދަށުން ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް މަސައްކަތްތަކެއްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

އެގޮތުން ކާބޯތަކެތީގެ ނިޒާމުގެ ދެމެހެއްޓެނިކަން ހޯދުމަށް ކްލައިމެޓް ސްމާޓް އަރބަން ފާމިންގެ ވަސީލަތްތައް ރާއްޖެއަށް ތަޢާރަފްކޮށް އެ ވަސީލަތްތައް ބޭނުންކުރާނެ ގޮތް ހއ. އަތޮޅާއި އައްޑޫ ސިޓީގެ ރައްޔިތުންނަށް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް އޯގަނައިޒޭޝަން ފޮރ ފުޑް ސެކިއުރިޓީ، އައިއޯއެފްއެސް ގުޅިގެން ކުރިއަށްގެންދާ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް، މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއްކުރުމާ ބެހޭ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ދިވެހިން ބޭނުންކުރާ ކާބޯތަކެތީގެ 90 އިންސައްތަ އެތެރެކުރަނީ ރާއްޖެއިން ބޭރުން ކަމަށެވެ.

އެކަމަނާ ވިދާޅުވީ ކޯވިޑު-19ގެ ދުވަސްވަރު ކާބޯތަކެތި ސަޕްލައިކުރުމަށް ދިމާވި ދަތިތަކާއެކު ކާބޯތަކެތީގެ ޔަޤީންކަން އިތުރުކުރުމަށް ރާއްޖޭގައި ދަނޑުހެއްދުމުގެ މުހިންމުކަން ފާހަގަވިކަމަށެވެ.ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވީ ދިވެހި ދަނޑުވެރިކަމަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވާ ކަމަށެވެ. އެގޮތުން މީރުފެން ފަށަލަ ލޮނުވުމާއި ދުނިޔެ ހޫނުވުންފަދަ ކަންކަން ފާހަގަކުރެއްވިއެވެ.

އަދި މިފަދަ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ޤުދުރަތީ ކާރިސާތަކުން ދިމާވާ ދަތިތަކުން އަރައިގަތުމަށް މަސައްކަތްކުރަންޖެހޭ ކަމަށާއި މިކަންކަމަށް ވިލުންތެރި ދަނޑުވެރި ނިޒާމެއް ޤާއިމްކުރަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައިވަނީ ދަނޑުވެރިންނަށް މާކެޓު ހޯދައިދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދަނޑުވެރިންގެ އުފެއްދުންތައް ބާޒާރުގައި ވިއްކުމަށް ހުންނަ ދަތިތައް އެކަމަނާ ފާހަގަކުރެއްވިއެވެ.އެކަމަނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ، ކާބޯތަކެތީގެ ޔަޤީންކަން އިތުރުކުރުމަށާއި ދަނޑުވެރިކަމަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތު ހާމަވާ ކަމެއްކަމަށެވެ.

ކޮމެންޓް

871x217_placeholder