logo
Bank of Maldives

Bank of Maldives

ޚަބަރު

މަޖިލިސް ރައީސް ބައިނަލްއަގުވާމީ ވަކީލެއް ކަމަށްވާ ޖެރަޑް ޖެންސާ އާއި ބައްދަލުކުރައްވައިފި

ހުސައިން ވަސީމް
4 ފެބްރުއަރީ 2025 - 10:42
މަޖިލިސް ރައީސް ބައިނަލްއަގުވާމީ ވަކީލެއް ކަމަށްވާ ޖެރަޑް ޖެންސާ އާއި ބައްދަލުކުރައްވައިފި

ބައިނަލްއަގުވާމީ ވަކީލެއް ކަމަށްވާ ޖެރަޑް ޖެންސާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ބައްދަލު ކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖެރަޑް ޖެންސަންއާއި މަޖިލިސް ރައީސް ބައްދަލުކުރައްވާފައި ވާއިރު އެދެބޭފުޅުން މަޝްވަރާ ކުރެއްވީ ކޮންކަންތައްތަކަކާ ގުޅެގޮތުން ކަމެއް ރައްޔިތުންގެ މަޖިލީހުން ހާމަ އެއް ނުކުރެ އެވެ.

TxLXxCkNcJVXoul5FswfSMr7GS1TbEKUdbMzLkcs.jpg

 

މީގެ އިތުރުން ރައްޔިތުންގެ މަޖިލިސް ރައީސް އަބްދުއްރަހީމް މިއަދު ވަނީ ގއ. ނިލަންދޫ ކައުންސިލްގެ ބޭފުޅުންނާވެސް ބައްދަލުކުރައްވާފަ އެވެ.

Gi7mMFda4AcUXDT.jpg

 

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ފެށުމަށް ނިންމާފައި ވަނީ މިމަހުގެ 6 ވަނަ ދުވަހު އެވެ. ޖަލްސާ އޮންނާނީ އެެ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައިކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔ ދައުރު ނިންމާލައި މެންބަރުން ޗުއްޓީއަށް ގޮސްފައި ވަނީ މިދިޔަ ޑީސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ބާއްވާއިރު މިދިޔަ ދައުރުގައި މަޖިލީހުގެ ދައުރުން ބޭރު ޖަލްސާތަކެއް ވަނީ ބާއްވާފަ އެވެ. މި ޖަލްސާތައް ބާއްވާފައި ވަނީ މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިޚަބަރު | 8 ދުވަސް ކުރިންބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ އަމާންކަމާއެކު: އީސީޚަބަރު | 8 ދުވަސް ކުރިންހިތަދޫ ބައި-އިލެކްޝަން، އެޗްއާރްސީއެމް އިން މޮނިޓަރ ކުރާނެޚަބަރު | 8 ދުވަސް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފިޚަބަރު | 8 ދުވަސް ކުރިން